ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިސްލާހު ފާސްކޮށްފި

Majlis
MAJLIS

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ އެ ކޮލެޖަކަށް ޔުނިވަސިޓީއެއްގެ ދަރަޖަ ލިބޭނެހެން މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.

މި އިސްލާހުގެ މަގުސަދަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި، ވަސީލަތްތަކާއި ގާބިލުކަން ހުރި ފަރާތްތަކަށް ރާއްޖޭގައި ޔުނިވަސިޓީ ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރަން އެދޭއިރު އެ ކޮލެޖަކީ ހިންގާތާ 15 އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

ހަމައެއާއެކު އެ ކޮލެޖެއް ޔުނިވަސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ހުންނަންޖެހޭނެ ޝަރުތުތަކުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކް ލެވެލް ހަތެއް އަދި ލެވެލް ނުވައަކުން މަދުވެގެން ތިން ދާއިރާއަކުން ޕްރޮގްރާމްތައް ހިންގަންޖެހޭނެއެވެ.

އެ ދާއިރާތަކަކީ:

  • އާޓް އެންޑް ހިއުމަނިޓީޒް
  • އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ
  • ލައިފް ސައިންސް އެންޑް މެޑިސިން
  • ނެޗުރަލް ސައިންސަސް
  • ސޯޝަލް ސައިންސް

އަދި އެ ކޮލެޖަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ ލެވެލް ހަތަކުން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1،000 ދަރިވަރުން ކިޔަވަމުންދާ ކޮލެޖަކަށް ވާންޖެހޭނެއެވެ. ހަމައެއާއެކު ބައިނަލްއަގްވާމީ ޔުނިވަސިޓީ ރޭޓިންއެއް ނުވަތަ ރޭންކެއްގައި ބައިވެރިވެ، ރޭޓުކުރެވިފައިވާ ކޮލެޖަކަށް ވެސް ވާންޖެހޭނެއެވެ. ނުވަތަ އެފަދަ ގިންތިއެއްގެ ޔުނިވަސިޓީއެއްގެ ޕްރޮގްރާމްތައް ހިންގާތާ މަދުވެގެން ފަސް އަހަރުވެފައިވާ ކޮލެޖަކަށް ވާންޖެހޭނެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ ޔުނިވަސިޓީތައް ބައިވެރިވާ ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަގްވާމީ ކޮލިޓީ އެޝިއުރެންސް ޖަމާއަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ އެ ކޮލެޖަކަށް ލިބިގެން ވާންވާނެއެވެ. އަދި އެ ކޮލެޖަކީ ބައިނަލްއަގްވާމީ ފެންވަރުގެ ރިސާޗާއި، ބޭރު ޔުނިވަސިޓީތަކާއި ޖަމާއަތްތަކުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކޮލެޖަކަށް ވެސް ވާންވާނެ ކަމަށް އެ އިސްލާހުގައިވެއެވެ.

ހަމައެހެންމެ ކޮލެޖުގެ އެކަޑަމިކް ފެންވަރު ކަށަވަރުކުރުމުގެ ގޮތުން އެކަޑަމިކް ޕްރޮގްރާމުތަކުގައި ކިޔަވައިދޭ މުވައްޒަފުންގެ މަދުވެގެން 10 އިންސައްތައަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭނެކަމަށް ވެސް މި އިސްލާހުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފި

nazim majilis

ކުށްވެރިން ސަލާމަތްވެވޭ ގޮތަށް ގާނޫނުގައި ހުންނަ ބާގަނޑުތައް ބަންދުކުރަންޖެހޭ: ނާޒިމް

majilis

ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު

ޔުނިވާސިޓީގެ ދަރަޖަ ލިބޭ މުއްދަތު 15 އަހަރަށް ކުރުކޮށް ކޮމިޓީން ބިލު ފާސްކޮށްފި

TTH_advertisement