ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އާރްޑީސީން ހިތަދޫގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ލ.ހިތަދޫގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނުތައް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އާރްޑީސީން މިކަން ހިއްސާކޮށް އެކްސްގައި ވަނީ ޕޯސްޓު ކޮށްފަ އެވެ.

އާރްޑީސީން ބުނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ މިއަދު މެންދުރު ހާއިރު ކަމަށް އާރްޑީސީން ކޮށްފައިވާ ޕޯސްޓުގައިވެ އެވެ.

އާރްޑީސީން މިދިޔަ މަހުގެ 20 ވަނަ ދުވަހު ވަނީ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އަދި ފުޓްބޯޅަ ދަނޑު ގާއިމްކުރުމުގެ މަސައްކަތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް 20 ވަނަ ދުވަހު ވަނީ ސޮއިކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އަނެއްކާވެސް އިތުރުކުރަނީ

ކެލާގެ މަގުތައް ތަރައްޤީކުރަން ފަށައިފި، 3.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެ

ތިން ރަށެއްގެ މަގުހެދުން އާރްޑީސީއަށް

Image 20

މާމިގިލީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިނިސްޓަރު މުއްތަލިބު ފައްޓަވައިދެއްވައިފި