ކުއްލި ޚަބަރު

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ކުށްވެރިން ސަލާމަތްވެވޭ ގޮތަށް ގާނޫނުގައި ހުންނަ ބާގަނޑުތައް ބަންދުކުރަންޖެހޭ: ނާޒިމް

nazim majilis

ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނަށް ސަލާމަތްވެވޭ ގޮތަށް ގާނޫނުގައި ހުންނަ ބާގަނޑުތައް ބަންދުކުރަންޖެހޭ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުތަކާމެދު ބަހުސްކުރައްވަމުން ނާޒިމު ވިދާޅުވީ ކޯޓުތަކުން ނިންމާ ނިންމުންތަކުން ފާހަގަވަމުންދަނީ ހެކި ބަލަައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭ ގޮތުން ހުރި މައްސަލަތަކާހުރެ ކުށްވެރިން މިނިވަންވެގެންދާތަން ފެނިވަޑައިގަންނަވާ ކަމަށެވެ.

2022 ވަނަ އަހަރު މިހާރު އަމަލުކުރަމުންދާ ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފެށިފަހުންވެސް މިފަދަ ވަރަަށް ގިނަަ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމުގައި ނާޒިމު ވިދާޅުވިއެވެ. އޭގެ ތެރޭގައި ހެކި ބަލައިގަތުމާއި ވަޒަންކުރުމުގެ މައްސަލަތައް ފާހަގަކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޓެކްނޮލޮޖީއަށް އައި ބަދަލުތަކާއެކު ގާނޫނަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި، އިލެކްޓްރޯނިކް ހެކި ބަލައިގަތުމާއި، އެ ހެކި ގެންގުޅޭ ގޮތާއި ޗެއިން އޮފް ކަސްޓަޑީ ފަދަ ކަންކަން އަޕްޑޭޓުކުރަންޖެހޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ބޭންކުގެ އޮރިޖިނަލް ތައްގަނޑު ޖަހާފައިވާ ލިޔުމެއް އެއީ ބޭންކުގެ ސައްހަ ތައްގަނޑެއް ނޫންކަމަށް ބޭންކުން ބުނި މައްސަލައެއްގައި ފޮރިންސިކަލީ ބެލިއިރު އެ ތައްގަނޑަކީ ސައްހަ ތައްގަނޑެއް ކަމުގައި ކޯޓުން ނިންމި މައްސަލައެކެވެ.

ސައްހަ ލިޔުމެއްގެ ގޮތަށް ލިޔެކިޔުން ފޯޖުކޮށް ނަކަލުތައް އުފެއްދުމުގެ ވަސީލަތްތަައް މިހާރު އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ މިފަދަ މައްސަލަތަކާ އެކަށޭނެ ގޮތަށް ހެއްކާ ބެހޭ ގާނޫނު އަދާހަމަކުރަންޖެހޭ ކަމަށެވެ.

“އަޅުގަނޑުމެން އެބަޖެހޭ ކުށްވެރިން މިދެމިގެންނަ ބާގަނޑުތައް ބައްދަން. އެކަން ކުރެވެން އޮތީ މި ގާނޫނަށް މިފަދަަ ބަދަލުތައް ގެނެސްގެން،” ނާޒިމު

އޭގެ އިތުރަށް ނާޒިމު ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިން މަސްދަރު ހާމަކުރުން ލާޒިމުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާއިރު، އެ އުސޫލުތަކަކީ ނޫސްވެރިންނަށް ރައްކާތެރިކަން ލިބޭނެ ގޮތަށް ހުންނަ އުސޫލުތަކެއް ކަން ޔަގީންކުރަންޖެހޭ ކަަމަަށެވެ.

ހަމައެހެންމެ ހަނު ހުރެފައި ފަހުން ހެކި ހުށަހެޅުމަށް ލިބޭ ފުރުސަތުގެ ތެރެއިން ހުށަހަޅާ ހެއްކަށް ގޮންޖަހައި، އެއީ ސައްހަ ނޫން ހެކި ކަމުގައިވާ ހާލަތުގައި އެ ހެއްކަކީ ސައްހަ ހެކި ނޫންކަން ސާބިތުކޮށްދެވޭނެ ގޮތެއްވެސް ނެތްކަން ފާހަގަކުރައްވައި އެއީވެސް އިސްލާހުކުރަންޖެހޭ ކަމެއް ކަމުގައި ނާޒިމު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

majilis

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

majilis

ލޭބާ ސެންޓަރުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

Raees Muiz

ޖަނަވާރުތަކަށް އިޙުމާލުވާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ބިލު ތަސްދީގުކުރައްވައިފި

TTH_advertisement