ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފަށަން ރައީސް ގަރާރަކުން ނިންމަވައިފި

raees muiz

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، ހިދުމަތް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ ނިންމެމުން ރައީސް ނިންމެވީ ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ށ) އާއި 115 ވަނަ މާއްދާގެ (ޓ) އާއި، ގާނޫނު ނަންބަރު 2008/1 (ސިފައިންގެ ގާނޫނު) ގެ ނުވަ މާއްދާއިން އެ މަނިކުފާނަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ، އެމްއެންޑީއެފްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމުކޮށް، އެ އެއާ ސްޓޭޝަނުގެ ހިދުމަތް ފެށުމަށް ރައީސް ގަރާރަކުން އެންގެވީ ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމަށާއި ރާއްޖޭގެ ސަރަހައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި ރެޔާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ކަމަށެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާހުކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ހިދުމަތް ތައާރަފުކުރައްވާފައިވާ އިރު، މި ހިދުމަތް އިފްތިތާހުކޮށްދެއްވީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ހިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މި އަހަރުގެ އޮފީސްތަކުގެ ޤުރްއާން މުބާރާތުގެ އެއް ވަނަ އެމްއެންޑީއެފް ހޯދައިފި

national services

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރަށް ހުޅުވާލައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

ރައްޔިތުންނަށް ގެއްލުންވާނެ ކަމެއްގައި ނާހާނަން: ރައީސް