ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމިއްޔަތު ދިރުވާ އަލާކުރުމުގެ މަސައްކަތް ފަށާފައިވަނީ ޒުވާނުންނަށް އެކަންކަން އަންގައިދިނުމުގެ ގޮތުން: ރައީސް

ޤައުމިއްޔަތު ދިރުވާ އަލާކުރުމުގެ މަސައްކަތް ފަށާފައިވަނީ ޒުވާނުންނަށް އެކަންކަން އަންގައިދިނުމުގެ ގޮތުން ކަމަށާއި ކާބަފައިން ވެވަޑައިގެންނެވި ޤުރުބާނީ ތުއްތު ޖީލަށް ކިޔަދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކި ދުވަސްވަރު ދިވެހި ޤައުމަށް ދިން ހަމަލާތަކުން ސަލާމަތް ކުރުމަށް އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރައްވާ ޤައުމީ ވާޖިބު އަދާކުރުމަށްޓަކައި ޝަހީދުވި އަބުޠާލުންގެ ޒިކުރާ އައުކުރާނެކަމަށެވެ.

ޤައުމުގެ ހަޤީގަށް ދިވެހި ވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޤައުމުގެ އަބްޠާލުން ކުރެއްވި ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކޮށް އިބުރަތް ލިބިގަނެ އަންނާން އޮތް ޖީލުތަކަށް ދަސްކޮށްދީ ވާރުތަކޮށްދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

“ދިވެހި ޤައުމިއްޔަތު އިޔާދަކޮށް ދިރުވާ އާލާކުރަން މިޖެހެނީ އެހެންވެގެން. އަޅުގަނޑުމެންނަކީ ކޮން ބައެއްކަމާއި ޤައުމީ މިއަދާހަމައަށް ގެނައުމުގައި މަސައްކަތްކޮށް މިއަދާހަމައަށް ގެނެސްދިނުމުގައި ޤުރުބާންވީ ކޮން ބައެއްކަމާއި ޤުރުބާންތަކީ ކޮބައިކަން އަޅުގަނޑުމެންގެ ޒުވާނުންނަށް، މުސަތަޤުބަލަށް އެބަޖެހޭ ދަސްކޮށްދޭ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތު ދިރުވާ އަލާކުރުމުގެ މަސައްކަތް ފަށާފައިވަނީ ޒުވާނުންނަށް އެކަންކަން އަންގައިދިނުމުގެ ގޮތުންކަމަށެވެ. އަދި މިކަމުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ފަށާފައިވާ ގިނަ މަސައްކަތްތައް އޭގެ ފުރިހަމަ ކާމިޔާބީއާ ހަމައަށްދަނީ އެކަން ދިވެހި ރައްޔިތުން ބަލައިގަނެ ދެއްވާ ފުރިހަމަ އެއްބާރުލުމާއި އިތުބާރުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ދިވެހި ޒުވާނުންގެ ތެރެއިން ޤައުމީ ޚިދުމަތުގައި ބައިވެރިވުމަށް ބޭނުންވާ އެންމެނަށް އެ ފުރުޞަތު ހުޅުވާލުމުން އެކުދިންގެ އާއިލަތަކުން އެއީ މުހިއްމުކަމެއްކަމަށް ދެކި ކުރެއްވި އިތުރުބާރުގެ ސަބަބުން ޖާގައޮތް މިންވަރުގެ 4 ގުނަ އިތުރަށް ބައިވެރިވުމަށް ކުރިމަތިކަމަށެވެ. މިހާރު ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގެ އިތުރަށް މި ފެށޭ އަހަރު އިތުރު 1000 ކުދިން ތަމްރީންކުރަން ފަށާނެކަމަށާއި ކޮންމެ އަހަރަކުވެސް މަދުވެގެން 1000 ކުދިން ތަމްރީންކުރަމުން ގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެއުޅުނު މީހަކު ގެއްލިގެން ހޯދަނީ

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

767

ޚަރަދު ކުޑަކުރަން މިފަހަރު އީދު ބޮކި ދިއްލާނީ ހަމައެކަނި ސިޓީތަކުގައި: މިނިސްޓަރު ޚަލީލް

DSC

އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓަން ނިންމައިފި