ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލަކު ފެން ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށްފި

Fuvahulah atoll maldives banner

ފުވައްމުލަކު ސިޓީގެ ފެން ޕްލާންޓަށް ދިމާވި މައްސަލަ ޙައްލުކޮށް، ޚިދުމަތް ދޭން ފެނަކައިން ފަށައިފިއެވެ.

ފެނަކައިން ބުނީ، ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންގެންދާ 2 ފެން ޕްލާންޓްގެ ތެރެއިން އެއް ޕްލާންޓްގެ ކަނެކްޝަނަށް މައްސަލަ ދިމާވެ އެކަން އެ ކުންފުނީގެ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ދެނެގަތުމަށް ކުރި މަސައްކަތުން އެ ޕްލާންޓްގެ ފެނުގެ ނެޓްވޯކްގައި ލޮނުގެ އަސަރު ހުރިކަން އެ ކުންފުނީގެ ޓެކްނިކަލް ޓީމަށް ފާހަގަކުރެވުނު ކަމަށެވެ.

އަދި އެކަން ހައްލުކުރުމަށްޓަކައި އެ ސިޓީގެ ފެނުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލިކަމަށާއި، އެހެން ނަމަވެސް މިހާރު އެ މަސައްކަތް ނިންމައި މުޅި ސިޓީއަށް ފެނުގެ ހިދުމަތް ދީފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ފުވައްމުލަކު ސިޓީގެ ފެންޕްލާންޓައް މައްސަލައެއް ދިމާވެގެން ފެނުގެ ޚިދުމަތް މެދުކެނޑުނެވެ. އެހެން ނަމަވެސް އެކަން ވެސް ފެނަކައިން ވަނީ ވަރަށް އަވަހަށް ޙައްލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ބަނގުރާ އުފައްދަން ގެންގުޅޭ ސާމާނުތަކެއް ފުވައްމުލަކުން އަތުލައިގެންފި

990

އޮޕަރޭޝަން އަލިގަމު: މަސްތުވާތަކެއްޗާއި ފައިސާތަކާއެކު ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފި

Fuvahulah atoll maldives banner

ފުވައްމުލަކު އަނިޔާވި ޒުވާނާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލައިފި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް