ކުއްލި ޚަބަރު

ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މާލޭގެ ސްކޫލްތަކުން ވޭޕް ފެންނަ އަދަދު މަދުވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރު

ކޮޅުވެއްޓި ބަންޑުން ޖަހާލުމުގެ ހާދިސާގައި އެކަކުގެ ހާލު ސީރިއަސްވެއްޖެ

އުރީދޫ ސާފު ފައިދާ 180 މިލިއަން ރުފިޔާއަށް، މިއީ 8 އިންސައްތައިގެ ކުރިއެރުމެއް

ooreedo

ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އިސްކުންފުންޏެއް ކަމަށްވާ އުރީދޫ މޯލްޑިވްސް އިން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ވަނީ 180 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި ފާހަގަކޮށްލެވޭ މާލީ ކާމިޔާބީއެއް ހާސިލްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ބުރާސްފަތި ދުވަހު އާންމުކުރި މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މި ކުއާޓަރުގައި ކުންފުންޏަށް 549 މިލިއަން ރުފިޔާގެ ޖުމްލަ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1 އިންސައްތައިގެ ކުރިއެރުމެކެވެ. ކުންފުނީގެ އާމްދަނީގެ ބޮޑު ބައެއް ކަމަށްވާ 404 މިލިއަން ރުފިޔާ ލިބިފައިވަނީ މޯބައިލް ހިދުމަތްތަކުންނެވެ. ފިކްސްޑް ބްރޮޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން 143 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދައިފައެވެ.

މި ކުއާޓަރުގައި އުރީދޫއިން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ ފުޅާކުރުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިގޮތުން ބ. ތުޅާދޫ އާއި ހދ. ހަނިމާދޫގައި ފައިބާ ބްރޮޑްބޭންޑުގެ ހިދުމަތް ފެށުމަކީ ރަށްރަށުގެ ރައްޔިތުންނަށް ޑިޖިޓަލް ހިދުމަތްތައް ފަސޭހަކޮށްދިނުމަށް ކުރި މުހިއްމު މަސައްކަތެކެވެ. މީގެ އިތުރުން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދާ އުރީދޫ މަސް ރޭސް ވެސް މި ކުއާޓަރުގައި ކާމިޔާބުކަމާއެކު ބޭއްވިފައިވެއެވެ.

ހޯދި ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރާއި މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ކުންފުންޏަށް ގަބޫލުކުރެވޭ ކަމަށާއި، ރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އުރީދޫ ފަން ރަން ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިއްޖެ

އުރީދޫ ފަން ރަން ޑިސެމްބަރު 19ގައި

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުގެ ޗެމްޕިއަންކަން އެސްޑީއެމްޒީ އެންޖީއަށް

TTH_advertisement