ކުއްލި ޚަބަރު

ކާމިޔާބު ކަމާއެކު ޓޯޝް ރަން ނިންމާލައިފި، 8959 މީހުން ބައިވެރިވި

އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދޭން ބަޖެޓްކޮށްފި

ޓެނިސް ޓީމު ވިއެޓްނާމްއަށް

ފޮޓޯ: ޕީއެސްއެމް ނިއުސް

ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން ޓެނިސް ޓީމު ވިއެޓްނާމްއަށް ގޮސްފިއެވެ.

މި ނޮވެމްބަރު މަހުގެ 10-16އަށް ބާއްވަން ނިންމާފައިވާ މި މުބާރާތަކީ، މި އަހަރުގެ ޖޫންގައި ޖޯޑަންގައި ބާއްވަން އުޅުނު މުބާރާތެކެވެ. ނަމަވެސް އީރާނާއި އިޒްރޭލާއި ދެމެދު ހަމަލާ ބަދަލުކުރަން ފަށައި ޖޯޑަން ހިމެނޭ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ޖޫން 16ގައި ފަށަން އޮތް މުބާރާތް އެ ވަގުތު ކުޅުން ރަނގަޅު ނޫންކަމަށް ނިންމީއެވެ.

ބިލީ ޖީން ކަޕް ފެށުމުގެ ގިނަ ދުވަސްތަކެއް ކުރިން ޓީމު ވިއެޓްނާމްއަށް ގޮސްފައިވާއިރު، އެ މުބާރާތް ފެށުމުގެ ކުރިން އިތުރު މުބާރާތެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އައިޓީއެފް ޖޭ30 މުބާރާތެކެވެ.

މުބާރާތަށް ޓީމު ތައްޔާރުވެފައިވާ މިންވަރާ ގުޅިގެން ކޯޗު ބުނީ، ރާއްޖޭގެ ކުޅުންތެރިންގެ މޮޓިވޭޝަން ރަނގަޅު ކަމަށާއި، ރަނގަޅު ހިތްވަރެއް ކުރާތަން ފަރިތަކުރުންތަކުން ފާހަގަކުރެވޭ ކަމަށެވެ. އަދި މި އަހަރު ރާއްޖޭގައި ބޭއްވި އައިޓީއެފް މުބާރާތާގެ ސަބަބުން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާތަކެއްވެސް ލިބިފައިވާކަމަށް ކޯޗު ފާހަގަކުރިއެވެ.

މީގެ އިތުރުން ޓީމުގެ ކެޕްޓަން އަދި މެނޭޖަރ، އާމިނަތު އިރުފާ މާހިރު ވެސް ބުނީ، ޓީމު ތައްޔާރުވެފައިވާ ކަމަށާއި ރާއްޖޭގައި މިއަހަރު ބޭއްވި އައިޓީއެފް މުބާރާތުގެ ސަބަބުން ވަރަށް ރަނގަޅު ތަޖުރިބާތަކެއްވެސް ކުޅުންތެރިން ހޯދި ކަމުގައެވެ.

އަދި މި މުބާރާތަށް ކުދިން ތައްޔާރުކުރުމުގައި ބެލެނިވެރިންނާއި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް އިރުފާ ފާހަގަކުރިއެވެ.

ބިލީ ޖީން ކިންގ ކަޕްގައި ރާއްޖެ ތަމްސީލްކުރާ ކުޅުންތެރިންނަކީ ނަޔާރާ އުސާމާ އަލީ، އަިއޝްތު ކަރިން ސައިޒާން، އާރާ އާސަލް އާޒިމް އަދި ނަބާ ނިޝާނެވެ. 2022 ވަނަ އަހަރުން ފެށީގެން ރާއްޖެއިން އަންނަނީ ބިލީ ޖީން ކިންގް ކަޕްގައި ވާދަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ގައުފު ބަލިކޮށް ޕައޮލީނީ ޗެމްޕިއަންކަން ހޯދައިފި

އިޓާލިއަން އޯޕަންގެ ފައިނަލަށް ސިނާ އާއި އަލްކަރޭޒް

ސަބަލެންކާ ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފި

TTH_advertisement