ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

ކާމިޔާބު ކަމާއެކު ޓޯޝް ރަން ނިންމާލައިފި، 8959 މީހުން ބައިވެރިވި

Dd

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްސަ ދުވުން “ނޭޝެނަލް ޓޯޗް ރަން”ގައި 8959 މީހުން ބައިވެރިވެ، ރަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

“ނޭޝެނަލް ޓޯޗް ރަން”އަކީ މިއަދުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ “ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ” އާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތެކެވެ.

ނޭޝަނަލް ޓޯޗް ރަން އިއްޔެ ހަވީރު 4 އިން މިއަދު ހަވީރު 4 އަކާ ހަމައަށް ކުރިއަށްގެންދިޔައީ މާލޭ އެކުވެނި ޓްރެކުގައެެވެ.

މި ހަރަކާތުގައި ވަޒީރުންނާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ޖެނެރޭޝަން ބޭންގެ އެންމެ މުހިންމު ބޭނުމަކީ ޖީލަކަށްފަހު ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުންކަމަށާއި، ކުޑައިރުންސުރެ ދުޅަހެޔޮ ފުދުންތެރި ދިރިއުޅުމަކަށް ބާރު އެޅުންކަމަށެވެ.

މި ދުވުމަކީ ދުންފަތުގެ ނުރައްކާތެރިކަން އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޚާއްސަ ދުވުމެކެވެ. މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.

“ނެޝެނަލް ޓޯޗް ރަން”ގެ ތެރެއިން ދުންފަތުގެ ވަބާއިން ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި މޯބައިލް ސިޒޭޝަން ކްލިނިކްތަކާއި، ދުންފަތުގެ ނުރައްކާ އަންގައިދީ ހޭލުންތެރިކުރުމަށްޓަކާ ހާއްސަ އެޑްވޮކަސީ ސްޓޯލްތައް ބަހައްޓާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ޚާއްސަ ދުވުން ފަށައިފި

TTH_advertisement