ކުއްލި ޚަބަރު

ކޮޅުވެއްޓި ހާދިސާ: ދިވެއްސެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ

ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މާލޭގެ ސްކޫލްތަކުން ވޭޕް ފެންނަ އަދަދު މަދުވެއްޖެ: އެޑިޔުކޭޝަން މިނިސްޓަރު

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދޭން ބަޖެޓްކޮށްފި

410966 e6dfc0d8 9

ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނަައިފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ދައުލަތުން އިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް އިންޝުއަރެންސް ދިނުމަށް 1.2 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

މިއީ ރާއްޖޭގެ ތާރީޚްގައި ވެސް އެ ބޭފުޅުންނަށް އެފަދަ އިނާޔަތެއް ދެއްވަން ނިންމެވި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތްތަނުގައި ކޮންމެ އަރަހަކު ވެސް މި އިނާޔަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ދައުލަތުން މިހާރު އަރުވާ އިއްޒަތްތަކަކީ، ދައުލަތުގެ އިއްޒަތް، ދައުލަތުގެ މަތިވެރި އިއްޒަތް އަދި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތެވެ.

ދައުލަތުގެ އިއްޒަތް މިހާތަނަށް 39 ބޭފުޅަކަށް އަރުވާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މަތިވެރި އިއްޒަތް އެރުވި 24 ބޭފުޅަކާއި އިއްޒަތް އެރުވި 12 ބޭފުޅެކެވެ. އަދި އެންމެ މަތިވެރި އިއްޒަތް އެރުވި އެއް ބޭފުޅެއް ވެސް ހިމެނެއެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުން ގައުމަށް ޚިދުމަތް ކުރައްވާ ބޭފުޅުންގެ އަގުވަޒަންކުރައްވަން މަސައްކަތް ކުރައްވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދައުލަތުން އިއްޒަތް އެރުވި ބޭފުޅުންނަށް ފުރަތަމަ ފަހަރަށް ހެލްތު އިންޝުއަރެންސް ބަޖެޓުގައި ހިމަނައިފި

Dd

ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

Mal

ކުޅިވަރުގެ ދާއިރާއަށް ކަނޑައެޅީ މިދިޔަ އަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް

Mal

ރައީސްގެ ނިންމެވުމާ އެއްގޮތަށް ޝަރުއީ ދާއިރާއަށް ދޭ ގްރާންޓްގެ ގޮތުގައި 808 މިލިއަން ރުފިޔާ ކަނޑައަޅައިފި

TTH_advertisement