ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

އަށް ރަށެއްގައި ކުޅިވަރު ދާއިރާގެ އެކި މަޝްރޫޢުތައް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުތަކާ ގުޅޭ އެއްބަސްވުންތަކުގައި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަރީފް އަބްދުއްރަޙްމާން ޔޫސުފްއެވެ.

އެމްޓީސީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

ހއ. މުރައިދޫ – ފުޓްބޯޅަދަނޑު
ހދ. ކުމުންދޫ – ފުޓްބޯޅަދަނޑު
ށ. ފީވަކު – ފުޓްބޯޅަދަނޑު
ރ. މާކުރަތު – ފުޓްސަލްދަނޑު
ލ. ކުނަހަންދޫ – އައުޓްޑޯ ވޮލީކޯޓް
ހދ. ވައިކަރަދޫ – ސްކޭޓްޕާކް
ގއ. ދެއްވަދޫ – ފުޓްބޯޅަދަނޑު
ކ. ހުރާ – ފުޓްބޯޅަދަނޑު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ތަފާތު ކުޅިވަރުތައް ކުޅެވޭނެ ފެންވަރު ރަނގަޅު ދަނޑުތައް ޤާއިމްކުރުމަކީ މި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ

ފަސް ރަށެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފި