ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

Dd

ބިން ހިއްކުމާއި އިމާރާތް ކުރުމަށް 3.8 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައިވާގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވަނީ 9.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.

ބަޖެޓްގައިވާގޮތުން އާންމު ބޭނުންތަކަށް އިމާރާތްތައް އެޅުމުގެ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމާފައެވެ. ހައުސިން ޔުނިޓްތައް ހިންގަން 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ބިން ހިއްކުމާއި ބިން ގަތުމަށް 277 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

މީގެއިތުރުން އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 4.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެފަދަ މަޝްރޫއުތަކުގެ އެންމެ ބޮޑު ހޭދައެއް ކުރަނީ މަގު ހެދުމާއި ބްރިޖް އެޅުމަށެވެ. އެފަދަ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް ފަށާފައެވެ. އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިވެރިކަން ނިމޭއިރު މިހާރު ފަށާފައިވާ ހުރިހާ މަޝްރޫއެއް ނިމޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކޮށްފި

މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ރިޕޯޓަށް މާދަމާ ބަހުސް ފަށަނީ

އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ކޮމެޓީން ފާސްކޮށްފި

raeees muiz

މިއީ ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި އަހަރު ނިންމާލެވޭ ފުރަތަމަ ފަހަރު

TTH_advertisement