ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިކަލްޗަރ ހުނަރު ޕްރޮގުރާމުގެ 2 ވަނަ ބުރު ނިންމާލައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މިއަހަރު ކުރިއަށްގެންދިޔަ 2 ވަނަ އަސާސީ މެރިކަލްޗަރ ކޯސް ކާމިޔާބުކަމާއެކު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 18 އިން 30ވަނަ ދުވަހުގެ ނިޔަލަށެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން ވަރލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ކ. މަނިޔަފުށީގައެވެ. 12 ދުވަހުގެ މި ޕްރޮގްރާމުގައި 10 ބައިވެރިއަކު ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް އައިއެސްޑީބީގެ ރީޖަނަލް ހަބް މެނޭޖަރ މުހައްމަދު ސުލައިމާން ވިދާޅުވީ، މެރިކަލްޗަރގެ ދާއިރާ ތަރައްޤީކޮށް، އެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށެވެ.

“މެރިކަލްޗަރގެ ދާއިރާ ރާއްޖޭގަ ފުޅާކުރުމަށް މިކަހަލަ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ޕްރޮގްރާމް ކުރިއަށްގެންދާނަން ކުރިއަށްއޮތް ދެތިން އަހަރުވެސް. އަދި ފަހަރެއްގަ އެއަށްވުރެވެސް ގިނަ ދުވަސްވަންދެން އަޅުގަނޑުމެން މަސައްކަތްކުރާނަން ޕްރޮގްރާމް ކުރިއަށްގެންދެވޭތޯ.” މުހައްމަދު ސުލައިމާން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ޕްރޮގްރާމްގެ ތެރެއިން މެރިކަލްޗަރގެ ދާއިރާއިން ގިނަ މަޢުލޫމާތުތައް އެނގި، ޢަމަލީ ގޮތުން ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބުނުކަން ފާހަގަކުރައްވާފައެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން މިއަހަރު ކުރިއަށްގެންދިޔަ 2 ވަނަ އަސާސީ މެރިކަލްޗަރ ކޯހުގެ ތެރެއިން ބައިވެރިންނަށް 11 މޮޑިއުލްއަކުން ތަމްރީނުދީފައިވެއެވެެ.

ބޭސިކް މެރިކަލްޗަރ ކޯހުގައި ދަސްކޮށްދެވޭ މައިގަނޑު ބައިތައް:
• އެކުއާކަލްޗަރގެ ނިޒާމުތަށް
• ދިރޭ ކާނާ އާލާކުރުން
• މަހުގެ ބަޔޮލޮޖީ
• ފާނަ އާލާކުރުން
• ހުއިފި ލަނޑާ އާލާކުރުން
• ދިވެހި މާގަނޑު މަސް އާލާކުރުން
• އިތާމުތް އާލާކުރުން
• މޫދުވިނަ ހަދައި އާލާކުރުން
• އާލާކުރާ ދިރުމަށްޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• އެކުއާކަލްޗާރ ކުރާއިރު ތިމާވެށި ރައްކާތެރިކުރުން

މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީ ގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

“މެރިން ހެޗަރީ” ޕްރޮގްރާމް 53 ބައިވެރިން ފުރިހަމަކޮށްފި

ހުޅުމާލޭގައި ކަންނެލި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

fishing

ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި