ކުއްލި ޚަބަރު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

އާއްޓޭ އާއި މުއާޒު ވެސް ޝަރީއަތް ނިމެންދެން ބަންދަށް

ޓުއަރިޒަމް އާއި ކޮންސްޓްރަކްޝަންއަކީ ވަކިކުރެވެން ނެތް ގުޅިފައިވާ ދެސިނާއަތް: ސަޢީދު

ފަތުރުވެރިކަން ކުރިއެރުވުމަށް ވަރުގަދަ އިމާރާތްކުރުމުގެ ސިނާއަތެއް އޮންނަން ޖެހޭ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް ގެ 24 ވަނަ އަހަރީ މެންބަރުންގެ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވަނީ، ސަރުކާރުން ޢިމާރާތްކުރުމުގެ ސިނާޢަތުގެ އަޑުއައްސަވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ދާދި ފަހުން ސަރުކާރުން އާންމު ކުރި އުސޫލުތަކުގައިވެސް މަސީން ހުށަހެޅި ހުށަހެޅުންތައް ހިމަނާފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ އިމާރާތްކުރުމުގެ ސިނާޢަތުގައި މިހާރު ހުޅުވިފައިވަނީ ދެ މަގެއް ކަމަށެވެ. އޭގެ ތެރެއިން ސަރުކާރުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތައް މެދުވެރިކޮށް މި ސިނާޢަތަށް އާމްދަނީ ލިބުނު ނަމަވެސް، އެކަން ބިނާވަނީ ދައުލަތުގެ އާމްދަނީއަށް ކަމަށެވެ. މި އާމްދަނީ ގުޅެނީ ފަތުރުވެރިކަމުގެ ސިނާޢަތާއިކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު ވިދާޅުވި ގޮތުގައި ފަތުރުވެރިކަން ތަރައްޤީވެގެން އައިސް ވޭތުވެދިޔަ 50 އަހަރު ކޮންމެ 10 އަހަރަކުން ސިނާޢަތަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ. އަދި މިހާރު ސިނާޢަތް އޮތީ އެންމެ މަތީ ފަންތީގައި ކަމަށްވާއިރު، ކުރިމަގަށް ދެމެހެއްޓެނިވި ސިނާޢަތެއް ޤާއިމް ކުރަން މިހާރުންސުރެން ފިޔަވަޅުތަކެއް އެޅުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ސިނާޢަތާއި އިމާރާތްކުރުމުގެ ސިނާޢަތް ވަކި ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ލިބިފައިވާ އިޤްތިޞާދީ ކުރިއެރުމަކީ މި ދެސިނާޢަތުން ލިބިފައިވާ ކުރިއެރުންކަން ފާހަގަކުރެއްވިއެވެ.

“ޓުއަރިޒަމް އަކީ އެންމެ ވަރުގަދަ އިންޑަސްޓްރީ. އެ ސިނާޢަތާއި ގުޅިފައި އިނީ ކޮންސްޓްރަކްޝަން. ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑަށް ހިއްސާކުރަނީ އެ އިންޑަސްޓްރީ. ކީއްވެގެންތޯ އެހައިސާބަށް އައީ. ތިބޭފުޅުންގެ ވިސްނުމާއި ފިކުރު. މިތާ ކައިރީ ކުދި ޖަޒީރާ ޤައުމުތައް އެބަހުރި. އެކަމަކު ދިވެހި ކޮންޓްރެކްޓަރުން ތިބި ވަރަށް ނެތް. ގޮތް ދޫނުކޮށް ތިއްބެވީމަ އެކަންވީ. ޓުއަރިޒަމް އާއި ކޮންސްޓްރަކްޝަން ވަކިކުރެވެން ނެތް.” ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން މިހާރު އެސްއީޒެޑް ޤާނޫނަށް ގެންނަ އިސްލާހުތައް ފާހަގަކުރެއްވިއެވެ. އެގޮތުން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ތެރެއިން ސިއްޙީ ދައިރާގައި މިހާރު ނުލިބޭ ޚިދުމަތްތަކާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަހައްދުގައި ފަތުރުވެރިކަމަށް ފުރުސަތު ދެވެނީ ވެސް މިވަރުގެ އިންވެސްޓްމެންޓެއް ކުރުމަށްފަހުކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ކުރެވޭ އިންވެސްޓްމެންޓުތަކުން ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެގެންދާ ކަމަށާއި، މިކަމަށް އިތުރަށް މަގުފަހިކުރެވެނީ އިމާރާތްކުރުމުގެ ވަރުގަދަ ސިނާޢަތެއް ރާއްޖޭގައި އޮތުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސީގެ އަހަރީ މެންބަރުންގެ ފޯރަމުގެ ތެރެއިން މަސީގެ 25 އަހަރުގެ އެނިވަރސަރީ ކެމްޕެއިން ވަނީ ލޯންޗުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިޔަނަށް

ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

މޯލްޑިވްސް ޓޫރިޒަމް އެވޯޑް: 8 ފެސިލިޓީއަކަށް 10 އެވޯޑެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ އެމްބެސެޑަރ ކެޓްރީނާ ކައިފް ރާއްޖެއަށް

TTH_advertisement