ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ފޭސް3 ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

Dd

ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށުމަށްޓަކައި ބިން ހިއްކާ ސަރަހައްދުގައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީން މިރޭ އިއުލާނެއްގައި ވަނީ ބިން ހިއްކަމުންދާ ސަރަހައްދުގައި މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 12:00 ގެ ކުރިން އެ އުޅަނދުތައް ނެގުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

އެ ސަރަހައްދުން ނެގޭ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މޫދުން މިދިޔަ ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދީފައެވެ. އެތަން ހިއްކައި ގޯތީގެ ހައްގުވެރީންނަށް ގޯތިތައް ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި