ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

ކުޅިވަރުގެ ދާއިރާއަށް ކަނޑައެޅީ މިދިޔަ އަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް

Mal

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ސްޕޯޓްސް މިނިސްޓަރީއަށް މިދިޔަ އަހަރަށްވުރެ ދެގުނަ ބޮޑު ބަޖެޓެއް ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ހުށަހެޅުއްވި ބަޖެޓުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއަށް ކަނޑައަޅާފައިވަނީ 623,002,780 ރުފިޔާ ކަމަށެވެ.

މި އަހަރު އެ މިނިސްޓްރީއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 366،377،567 ރުފިޔާއެވެ. އަންނަ އަހަރުގެ ބަޖެޓްގައި ފައިސާ އިތުރުކުރީ ކުޅިވަރުގެ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށެވެ.

އެގޮތުން ކޯޕަރޭޓް އެފެއާޒް، ޕްރޮޖެކްޓްސް އެންޑް ޕްލޭނިންއަށް ހިނގާނެ ކަމަށް އަންދާޒާކޮށްފައިވަނީ 477،110،086 ރުފިޔާ އެވެ. ޒުވާނުންނަށް 4،660،619 ރުފިޔާ އަދި ކުޅިވަރަށް 141،232،075 ރުފިޔާ ހިމަނާފައިވެ އެވެ.

ކުޅިވަރާއި މުނިފޫހިފިލުވުމުގެ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 403,138,601 ރުފިޔާ އެވެ.

އަންނަ އަހަރު ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި އެތުލެޓިކްސް ޓްރެކްތައް އެޅުމާއި، ބެޑްމިންޓަން ކޯޓުތައް އެޅުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި، ފުޓްބޯޅަ ދަނޑުތަކާއި، ހޭންޑްބޯލް ކޯޓުތަކާއި، މޮޓޯ ރޭސިންގ ޓްރެކްތަކާއި، ނެޓްބޯޅަ ކޯޓުތަކާއި، ކުޅިވަރު ކޮމްޕްލެކްސްތައް ގާއިމުކުރުމާއި، ސްޓޭޑިއަމްތަކާއި، ސްވިމިން ޓްރެކްތަކާއި، ޓެނިސް އަދި ވޮލީކޯޓުތައް ތަރައްގީކުރުން ހިމެނެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ގާއިމުކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަކަށް 90،320،586 ރުފިޔާ ބަޖެޓްކޮށްފައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހޭންޑްބޯޅަ ކޯޓުތައް އެޅުމަށް 83،855،702 ރުފިޔާ ވަނީ ހިމަނާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

2025ގެ ކާމިޔާބީތައް ފާހަގަކުރާ އެވޯޑު ހަފުލާ މިއަހަރު ފަހުކޮޅު ބާއްވަނީ

ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމަށް މިރޭ ހަވާ އަރުވަނީ

majilis

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކޮށްފި

TTH_advertisement