ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޖެޓު ހުށަހަޅަން ބާއްވާ ޖަލްސާ މިއަދު މެންދުރުފަހު 2:00 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ

moosa zameer

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް ބާއްވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ މިއަދު މެންދުރުފަހު 2:00 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ޖަލްސާ އޮންނާނެ ކަން އިއުލާން ކުރެއްވީ، އިއްޔެ ބޭއްވި ޖަލްސާގައި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މަޖިލިހުގެ އިދާރާ އިން މެމްބަރުންނަށް އަންގާފައި އޮތް ގޮތުން ނަމަ، ޖަލްސާ އޮންނާނީ މިއަދު މެންދުރު 2:00 ގައެވެ. އެ ޖަލްސާގައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެކަންޏެވެ. މި ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވާނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް ތާވަލުކޮށްފައިވާއިރު، މި ބަޖެޓުގައި ހިމަނާނެ ބައެއް މުހިންމު ކަންކަމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ބައެއް ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ތަކުގައި ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ތައުލީމާއި ސިއްހީ ދާއިރާއަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި