ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެއަށް ތަރައްގީ ގެންނާތީ ތިނަދޫ މޭޔަރު ކަންބޮޑުވުންފާޅުކޮށްފި

Mal

ހުޅުމާލޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާތީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ސައުދު ވިދާޅުވީ ހިއްކައިގެން ހެދި ހުޅުމާލެ އަކީ ރާއްޖޭގެ އެހެން އަތޮޅުތައް ފަޅުކޮށް “ވައްކަން ކުރުމުގެ ސިޔާސަތުގެ“ ދަށުން ތަރައްގީ ކުރަމުން އަންނަ ތަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ އަކީ ދައުލަތުގެ ބަޖެޓަށް ވަން އެތައް ފައިސާއެއް ހޭދަކޮށްގެން ކުރިއަށް ގެންގޮސްފައިވާ “ހީލަތްތެރި” މަޝްރޫއެއް ކަމަށެވެ.

ސައުދު ވިދާޅުވީ ހުޅުމާލެ އަކީ ދައުލަތުގެ އެތައް ފައިސާއެއް ބޭނުންކޮށްގެން، ރާއްޖޭގެ އެހެން ހިސާބުތައް ފަޅުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

“ސަރުކާރުން ދައުލަތުގެ ބަޖެޓަށް ވަތް ހުރިހާ ފައިސާއެއް އެ ފަޅު ހިއްކަން އަޅައި ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި، އެހެން އަތޮޅުތަކުގެ ރައްތައް ފަޅުކުރުމުގެވައްކަން ކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ކިޔާ ރަށެއް ވުޖޫދުކޮށް އެއްފަސްކޮށް ރައްތައް ހުސްކުރަން ފެށީ.” އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ތަރައްގީ ކުރުމުގެ ސަބަބުން ހުވަދު އަތޮޅުގެ ތަރައްޤީ ހުއްޓުވައި ބޭރުގެ އެހީތައް ވެސް ބަނޑުއަޅައިގެން ހުވަދު އަތޮޅުގެ ރައްޔިތުން ނިކަމެތިކޮށް ބިކަކޮށް މަލެ ސަރަހައްދަށް ޖަމާކޮށް ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު