ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަގު ސިނގިރޭޓުގެ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކޮށްފި

customs

ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވުމާ ގުޅިގެން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު މަގާމުން ވަކިކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު “އެކްސް” ގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ދިރާސާކޮށްފައިވާ “ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް” ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެ ކޮށްފައިވާ މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރެފައިވާ މައްސަލައާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ..

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz

އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދެއް ނުކުރަން: ރައީސް

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް