ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޮސްޓްރޭލިއާ ސަރުކާރުން ކަސްޓަމްސްއަށް ސަވައިލެންސް ޑްރޯން ހަދިޔާކޮށްފި

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ކަސްޓަމްސްއަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.

އިއްޔެ ކަސްޓަމްސްގައި ބޭއްވި ރަސްމިއްޔާތުގައި އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ޑްރޯންތައް ހަދިޔާކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑޭވިޑް ޖެސަޕްއެވެ. ކަސްޓަމްސްގެ ފަރާތުން ޑްރޯންތަކާ ޙަވާލުވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާއެކު ކަސްޓަމްސްގެ ސަލާމަތީ މަސައްކަތްތަކާއި، ބަނދަރު ބެލެހެއްޓުމުގައި ޤާބިލުކަން އިތުރުވެގެންދާނެކަމަށް ޑޭވިޑް ޖެސަޕް “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

އޮސްޓްރޭލިއާއާއި ރާއްޖެއަކީ މެރިޓައިމް ސެކިއުރިޓީ އާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރާ ދެޤައުމުކަން އޮސްޓްރޭލިއާގެ ސަފީރު ވިދާޅުވިއެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ އެހީއަށް ކަސްޓަމްސްއިން ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި، ސަވައިލެންސް ޑްރޯންތަކުގެ އެހީގައި ބޯޑަރު ބެލެހެއްޓުމާއި، ޕޯޓުތަކުގެ މަސައްކަތްތައް ވަރުގަދަކޮށް، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ނުގަވައިދުން ހިނގާ ޢަމަލުތައް ހުއްޓުވަން ފަސޭހަވެގެންދާނެކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކަސްޓަމާއި ކަރެކްޝަންސްގެ މުސާރަ ބޮޑުކޮށްފި

customs

ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި

78

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް އަތުލައިގެންފި