ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

ކާށިދޫ މަގުހެދުން އާރްޑީސީއާ ހަވާލުކޮށް، ކާށިދޫގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގަނީ

ކާށިދޫ މަގުހެދުމުގެ މަޝްރޫއު އާރްޑީސީއާ ހަވާލުކުރުމާއެކު، އެ ރަށުގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގުމަށް އެ ރަށު ކައުންސިލާއެކު ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ކާށިދޫއަށް ޒިޔާރަތްކުރައްވައި އެމަނިކުފާނު އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި މިއަދު މި ދެ މަޝްރޫއު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އެގޮތުން އާރްޑީސީއާ ކާށިދޫ މަގުހެދުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސަރުކާރުގެ ފަރާތުން ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަަޒީމެވެ.

އޭގެ އިތުރަށް ކާށިދޫގައި ފުޑް ސެކިއުރިޓީ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ.މަރިޔަމް މާރިޔާއެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ކާށިދޫގައި މިއަދު ވަކިވަކިން ބޭއްވި ހަތަރު ރަސްމިއްޔާތެއްގައި މުހިއްމު މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފަށާފައިވެއެވެ. އޭގެ ތެރޭގައި އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތާއި، ޕޮލިސް ސްޓޭޝަނާއި ފިޓްނަަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިތުރަށް ރިހެބްގެ އިމާރާތް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ރަށްރަށަށް ރައީސް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އެ ރަށްރަށުގައި ހިންގަން ނިންމާފައިވާ މުހިއްމު ތަރައްގީގެ މަޝްރޫއުތައް އަންނަނީ ފަށަމުންނެވެ. އަދި ބައެއް މަޝްރޫއުތައް އެކި ކުންފުނިތަކާ ހަވާލުކޮށް އެއްބަސްވުންތަކުގައިވެސް އަންނަނީ ސޮއިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޖަރުމަނުގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލު ކުރައްވައިފި

muiz

ރަސްމީ ދަތުރުފުޅެއްގައި ރައީސް ޖަރުމަނަށް

ތެރަޕީތަކަށް ޚާއްސަ ސެންޓަރެއް ޤާއިމުކުރަނީ

raees muiz

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

TTH_advertisement