ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ސޯލިހުގެ ވެރިކަން ނިމުމަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް: މިނިސްޓަރު ސައީދު

Mal

ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ލިބުނު ކާމިޔާބީއަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ނިމުމަކީ ދިވެހީންނަށް ލިބުނު ބޮޑު ނަސީބެއްކަމަށެވެ.

“އަޅުގަނޑު ވަރަށް އުފަލާއި އެކު ދަންނަވަން. ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުން. އެއީ ވަރަށް ބޮޑު ނަސީބެއް ދިވެހި ރައްޔިތުންނަށް ލިބުނު. ގައުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ހުރިހާ ދާއިރާއަކަށްވެސް ލިބުނު ކުރިއެރުމެއް.” ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަން ނުނިމުނު ނަމަ މިއަދު ރާއްޖެ އޮންނާނެ ހިސާބެއް ވިސްނާލީމާވެސް ތަސައްވަރެއް ނުކުރެވޭކަމަށެވެ.

ވެރިކަން ގެއްލުމުން އެމްޑީޕީން މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލަން ކަމަށް މިނިސްޓަރު ސައީދު ތުހުމަތު ކުރެއްވިއެވެ.

އެގޮތުން އެމްޑީޕީއަށް ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލަން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ސައީދު ދެއްވައިފި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު