ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސޫޓްކޭސް ފޭރިގަތް މައްސަލަ: ވައްކަންކުރަން ބޭނުންކުރި ލޯންޗު ހޯދައި 4 މީހަކު ހައްޔަރުކޮށްފި

900

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ވައްކަން ކުރުމަށް ބޭނުންކުރި ސްޕީޑްލޯންޗު ހޯދައި، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 4:25 ހާއިރުއެވެ. މިކަމުގައި ބައިވެރިވި ފަރާތްތައް ތިބީ މޫނު ނިވާކޮށްގެންނެވެ. ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ތަހުގީގު ހަލުވިކޮށް، ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި، މިކަމުގައި ޝާމިލްވާ 4 މީހަކު ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ފުލުހުންގެ އޮފިސަރުންގެ ހަލުވި އަދި އެދެވޭ މަސައްކަތް ފާހަގަކުރާ ކަމަށާއި، ކުށްވެރިން ހައްޔަރުކުރުމަށް އެޅުނު ފިޔަވަޅުތަކަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނާއި، އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުނު ލޯންޗާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ. މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި