ކުއްލި ޚަބަރު

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ޙުސްނީ ކަނޑައަޅަން ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ކަނޑައަޅަން މަޖިލީހުން ފާސްކުރައްވައިފިއެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޟާއެވެ.

ޖޭއެސްސީއަށް މަޖިލީހުން މެންބަރަކު ކަނޑައެޅުމަށް ނަން ހުށައެޅުމަށާއި ތާޢީދުކުރުމަށް ހުޅުވާލި ފުރުޞަތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ، ޖޭއެސްސީއަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކްގެ ނަން ހުށައަޅުއްވާފައެވެ. އެ ނަމަށް ތާޢީދުކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ކަނޑައެޅުމަށް ނެގި ވޯޓުގައި އެ މަޤާމަށް އޭނާ އައްޔަންކުރަން ފެންނަކަމަށް 58 މެންބަރުން ވޯޓުދެއްވިއެވެ.

ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ރިޟާ އިސްތިއުފާދެއްވީ އިއްޔެއެވެ. އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން މެންބަރުކަމުގެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެ މަޤާމަށް މީހަކު އަލުން ޢައްޔަންކުރަންޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mp Falah

ޓެރަރިޒަމް ގާނޫނަށް އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުގެ ތާއީދު އެބައޮތް: ފަލާހު

ފެންޝަން ފައިސާ ނެގޭ އިސްލާހަށް ލަފާ ހޯދަނީ

66

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވާގޮތް ހަދަން ގާނޫނުއަސާސީ އިސްލާހުކުރަން ކޮމިޓީން ފާސްކޮށްފި

ޝަރުޢީދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކޮށްފި

TTH_advertisement