ކުއްލި ޚަބަރު

ބީއެމްއެލްއަށް ދިގު މުއްދަތަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބުންނަށް ޢިނާޔަތް ދޭން ފާސްކޮށްފި

ކަނޑު ދަތުރުތައް މަޑުޖައްސާލުމަށް އިލްތިމާސްކޮށްފި

މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު މުޙައްމަދު ފަރުޞަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނަށް އެ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ރައީސަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިގޮތުން މީޑިއާ ކޮމިޝަނުގެ ހުރިހާ މެންބަރުންނާ އިންޓަވިއުކުރުމަށްފަހު އެ ކޮމިޝަނުގެ ރައީސްކަމަށް އެންމެ ޤާބިލު ފަރާތަކީ މުޙައްމަދު ފަރުޞަތުކަމަށް ފެންނަކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ކޮމިޓީ ނިންމުމާ އެއްގޮތަށް މަޖިލީހުގައި ނެގި ވޯޓުގައި މީޑިއާ ކޮމިޝަންގެ ރައީސްކަމަށް ފަރުޞަތު އައްޔަންކުރަން ފާސްވީ 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މުޙައްމަދު ފަރުޞަތަކީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް މިންސްޓަރ އިން މާސްޓާރސް ޑިގްރީ ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ނޮދަމްބްރިޔާ ޔުނިވަރސިޓީން ބެޗެލަރ އޮފް އާރޓްސް (އޮނަރސް) ޙާޞިލް ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ 5 އަހަރުގެ މުއްދަތުގެ އިތުރަށް އޭނާވަނީ ހިންގުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.

މީޑިއާ ކޮމިޝަނުގެ ރައީސް މަޖިލީހުން އައްޔަންކުރިނަމަވެސް، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މީޑިއާ ކޮމިޝަނުގައި 7 މެންބަރުން ތިއްބަވައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުން އައްޔަންކުރެއްވި 3 މެންބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބު ކުރެއްވި 4 މެންބަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނައިބު ރައީސުންގެ އިނާޔަތް 30،000 ރުފިޔާއަށް ބޮޑުކޮށް ބިލް ކޮމިޓީން ފާސްކޮށްފި

presidents raees

ކުރީގެ ރައީސުން އޮފީސް ހިންގުމަށް ދޭ ފައިސާ އުނިކުރަން ހުށަހަޅައިފި

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

majilis

އަތޮޅު ކައުންސިލް އުވާލަން ހުށަހެޅި އިސްލާޙު ފާސްކޮށްފި

TTH_advertisement