ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފި

Mal

މޯލްޑިވްސް އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފިއެވެ.

އިމިގްރޭޝަނުން މިއަދު އިއުލާންކޮށްފައިވަނީ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރ ގެ މަޤާމަށް 70 މުވައްޒަފުން ހޯދުމަށެވެ. ދާއިމީ މި މަޤާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ބަލައިގަތުން 01 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 08:30 އިން 16:30 އަށް ޞަލާޙުއްދީން ސްކޫލް (ހުޅުމާލެ ފޭސް 2 ) ގައި އޮންނާނެއެވެ.

އަދި މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 01 ނޮވެމްބަރ 2025 ވާ ހޮނިހިރު ދުވަހުގެ 08:30 އިން 16:30 އާއި ދެމެދު ޞަލާޙުއްދީން ސްކޫލް (ހުޅުމާލެ ފޭސް 2)ގައެވެ.

މި މަޤާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތާޢި އިތުރު ތަފްޞީލް އިމިގްރޭޝަނުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވެއެވެ.

މީގެކުރިން ވެސް ވަނީ އިމިގްރޭޝަންގެ ވަޒީފާއަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފަ އެވެ. އެ ވަޒީފާތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ