ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލިޔުންތައް ނައްތާލުމުގެ ކުރިން ޕީޖީގެ ލަފާ ހޯދުމަށް އަންގައިފި

PG Office

ދައުވާ ނުކުރަން ނިންމާ މައްސަލަތަކުގެ ލިޔުންތައް ނައްތާލުމުގެ ކުރިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ލަފާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީޖީ އޮފީހުން އަންގައިފިއެވެ.

ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ، ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އަހަރު ދުވަސްތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ގަވާއިދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްލާހުކޮށްފައެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ޕީޖީ އޮފީހުން ޖިނާއީ ދަޢުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ޙާލަތްތަކެއް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެކަންކަމަށް ރިޢާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް ޕީޖީ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި، ނައްތާލުމާ ގުޅޭ އިރުޝާދެއް ތަޙުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި ޕީޖީ އޮފީހުން އެކުލަވާލަމުން ދާކަމަށް ބުނެފައިވެއެވެ.

“އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަދު ވާނީ ދަންނަވާފަ” ޕީޖީ އޮފީހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހއ. ދިއްދޫއިން ތިންމީހުން ހައްޔަރުކޮށްފި

Police vcle

މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

78

މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ