ކުއްލި ޚަބަރު

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި

ހދ، އަތޮޅު ކައުންސިލުން މުވައްޒަފުންނަށް ގަވާއިދާ ޚިލާފަށް ދީފައިވާ ފައިސާ ހޯދަން އަންގައިފި

ގައުމު ބިނާކުރުމުގައި ޕްރައިވެޓް ސެކްޓަރަށް މުހިއްމު ދައުރެއް އަދާކުރެވޭނެ: ސާޖިދާ

madam saajida

ގައުމު ބިނާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރއަށް މުހިއްމު ދައުރެއް އަދާކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ، ކްލިކް ކޮލެޖަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ކްލިކް ކޮލެޖަށް 25 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ އަމިއްލަ މުވައްސަސާއެއްގެ ގޮތުގައި ކްލިކް ކޮލެޖުން ދަރިވަރުން ބިނާކުރުމުގެ ގައުމީ ޚިދުމަތުގައި ކުރަމުންގެންދާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި 25 އަހަރުގެ ޚިދުމަތުގެ ދަތުރުގައި ތަފާތު އެކި ހުރަސްތައް ގިރާކުރަން ޖެހޭނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ގައުމު ބިނާކުރުމުގައި ދީނީ ގޮތުން ރަނގަޅު އަހުލާގާއި ސުލޫކު ކުޑަކުދިންގެ ކިބައިގައި އަށަގެންނެވުމަށާއި، ސިއްހީގޮތުން ނުރަނގަޅު ކަންކަމުން ޒުވާނުން ދުރުހެލިކުރުވުމަށްޓަކައި ޖެނަރޭޝަނަލް ބޭންފަދަ ގައުމީ ހަރަކާތްތައް ސަރުކާރުން ކުރިއަށް ގެންދަވާކަމަށެވެ. މީގެއިތުރުން ގައުމީ ލޯބި އިތުރުކުރުމަށްޓަކައި ދިވެހި ވަތަނީ ޚިދުމަތާއި ދިވެހި ގައުމިއްޔަތު އިއާދަކުރެއްވުމާއި، އިހްތިރާމް ދަސްކޮށްދިނުމުގެ ގައުމީ ހަރަކާތްތައް ސަރުކާރުން ކުރިއަށްގެންދާއިރު މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އަމިއްލަ ފަރާތްތަކުން ހިންގާ ތައުލީމީ މުވައްސަސާތަކަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށެވެ.

“އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ގައުމު ބިނާކުރުމަކީ އެންމެންގެ ކަމެއް. ގައުމެއްގައި އޮންނަނީ މައިގަނޑު އެއް އަމާޒެއް. އެއް މަންޒިލެއް. އެ އަމާޒުހިފެހެއްޓުމުގައި އެ މަންޒިލަށް ވާސިލްވުމުގައި ކުރަންޖެހޭ ހުރިހައި މަސައްކަތެއް އެ ޤައުމެއްގެ ހުރިހައި އަތްތަކަކުން ހުރިހައި ސިކުނޑިތަކަކުން ކުރަންޖެހޭ. އެހެންވީމާ ގައުމު ބިނާކުރުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ކިތަންމެހާވެސް މުހިންމު.” ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

މި ހަފްލާގައި ވަނީ ކްލިކް ކޮލެޖަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި 2 މުވައްޒަފަކަށް ހަނދާނީ ފިލާ ދީފައެވެ. އެއީ މެނޭޖަރ އަލީ ރަޝީދާއި ސުޕަވައިޒަރ ހަސަން ނާސިހްއެވެ. އަދި ކްލިކް ކޮލެޖްގެ ފަރާތުން ދެއްވާ 1 ލައްކަ ރުފިޔާގެ ސްކޮލަރޝިޕް މުޙައްމަދު އަޝްފާންއަށް ވަނީ ދީފައެވެ.

ކްލިކް ކޮލެޖް އުފެދުނީ 23 އޮކްޓޯބަރ 2000 ވަނަ އަހަރުއެވެ. ކްލިކް ކޮލެޖުން ދަނީ ތަފާތު ގިނަ ކޯސްތައް ކުރިއަށްގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ، ފަޚުރަކަށް ހަދަންޖެހޭ: ސާޖިދާ

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ޑިޖިޓަލް ޕްލެޓްފޯމްތައް، އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ: ސާޖިދާ

އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ މުޖުތަމަޢަށް ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ

TTH_advertisement