ނޭޕާލުގެ އަންހެނަކު ގެއްލިގެން ރިޕޯޓްކޮށްފައި ވާތީ އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުމުރުން 19 އަހަރުގެ ޕޫރްނީމާ ގަޖްމާ ކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ފުލުހުންނަށް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ.
އޭނާ ގެއްލިގެން ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރު އޮއްސުނު ފަހުން ކަމަށެވެ.
“… އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ.” ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ޕޫރްނީމާ ގަޖްމާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ، މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތެއް ދިނުމަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު