ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާދޭ: ޑަބްލިޔުއެޗްއޯ

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު އެއްބަސްވުމެއް ވެވި އެއަށް އަމަލުކުރަން ފެށިފައި ވީނަމަވެސް، ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ، އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުންވެސް ޣައްޒާއަށް އެތެރެކުރެވެނީ އިންސާނީ އެހީގެ ވަރަށް މަދު މިންވަރެއް ކަމަށެވެ.

އެތެރެކުރެވޭ އެހީގެ މިންވަރު މަދުކަމުން، ޣައްޒާގެ ރައްޔިތުންގެ ބަނޑުހައިހޫނުކަމުގެ ހާލަތަށް އެދެވޭ ބަދަލެއް އައިކަން ފާހަގަ ކުރެވިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހާލަތު ރަނގަޅު ނުވާ ކަމަށާއި، ބޭނުންވާ މިންވަރާ ގާތަށްވެސް ޣައްޒާއަށް އެހީ އެތެރެ ނުކުރެވޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެރިޔާ ވިދާޅުވިއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައި ވީނަމަވެސް، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރާ ދޮރާށިތައް އިސްތިއުމާރީ އިސްރާއީލުން އަދިވެސް ނުހުޅުވައެވެ.

އަދި ދުވާލެއްގެ މައްޗަށް އިންސާނީ އެހީގެ 600 ޓްރަކް އެތެރެކުރަން އެއްބަސްވެފައި ވީނަމަވެސް، އެ އަދަދު 10 ނުވަތަ 12 ވަރަކަށް ޓްރަކަށް މަދުކުރުމަށްފަހު، އިސްރާއީލުން މިހާރުވަނީ އިންސާނީ އެހީ އެތެރެކުރުން އެއްކޮށް ހުއްޓުވާފައެވެ. އެއީ، އެއްބަސްވުމާ ހަމާސް ޚިލާފްވީ ކަމަށް ބުނެއެވެ.

އިންސާނީ އެހީ އެތެރެކުރުން ހުއްޓުވައި، އިސްތިއުމާރީ ޓެރަރިސްޓުން މިހާރު ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާދީ އެތައް އާންމުން ޝަހީދުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

ޔަހޫދީ އިސްރާއީލާ މެދު ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި