ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

Mal

ހިތަށްފިނިވާ މަގުން ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެއެވެ.

އެ ސައިކަލު ގޮސް އަރާފައިވަނީ ”ދަ ކްލިނިކް“ ފާމަސީގެ ބިއްލޫރި ގަނޑަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ ފާމަސީއެއްގެ ބިއްލޫރި ގަނޑެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު 13:04 ހާއިރު ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރާކާތްތެރިވި ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެ ސައިކަލު އިތުރު ސައިކަލެއްގައި ޖެހި އެކްސިޓެންޑުވުމުން، މަޑު ކުރަން އުޅުމުގެ ތެރޭގައި މުއްގަނޑަށް ހިފާލެވިގެން ކޮންޓްރޯލް ނުވެގެން ގޮސް ކަމަށެވެ.

އެ އެކްސިޑެންޓުގައި ބިއްލޫރި ގަނޑުގައި ޖެހުން ސައިކަލު ދުއްވަން އިން މީހަކާގެ އިންގިލި ކަނޑައިގެން ގޮސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލަނީ

Iu

ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ތަހުގީގު ކުރަނީ

Mussss

ކަތިވަޅިއަކުން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށް

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި