ކުއްލި ޚަބަރު

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

އެމް.ޕީ.އެލް އިން ފުވައްމުލަކު ވިޔަފާރިވެރިންނަށް އަމާޒުކޮށް ޙައްސަ ބިޒްނަސް ފޯރަމެއް ބާއްވައިފި

ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އެ ސިޓީގައި “ބިޒްނަސް ފޯރަމް”އެއް މިއަދު ބާއްވައިފިއެވެ.

ފުވައްމުލަކު ސިޓީގެ އޯޝަން ޕާރލްގައި މިއަދު ބޭއްވި ފޯރަމްގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދްގެ އިތުރުން، ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢީލް ރަފީޤު، އަދި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގައި އެމް.ޕީ.އެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުންފުނީގެ އެޑްވައިޒަރ އަލީ ހާޝިމް އެވެ.

މި ފޯރަމްގެ ބޭނުމަކީ ދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމާއި، މުދާ ގެނައުމުގައި ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅުކޮށް، ދެކުނު އަތޮޅުތަކުގައި ވިޔަފާރީގެ ވިއުގަ މިހާރަށް ވުރެ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރިވެރިންގެ ހިޔާލު ހޯދުމެވެ.

ފުވައްމުލަކު ސިޓީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އެ ސިޓީގައި ބޭއްވި ބިޒްނަސް ފޯރަމްގެ ތެރެއިން

އަދި މީގެ އިތުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބަނދަރުތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމާއި ތަރައްޤީކުރުމާއި ބެހޭ މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރަޙައްދީ ބަނދަރުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި، ރައްޔިތުނަަށް ޚަރަދު ކުޑަކޮށް މުދަލާއި ކާބޯތަކެތި ގެންނަން އޮތް ފުރުސަތުތަކުގެ މަޢުލޫމާތުވެސް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމެވެ.

މިއީ އެމް.ޕީ.އެލްގެ “ބަދަހި ޕްރޮގްރާމް”ގެ ދަށުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މީގެ ކުރިން ކުޅުދުއްފުށި ސިޓީގައިވެސް އެމް.ޕީ.އެލްއިން ވަނީ ބިޒްނަސް ފޯރަމެއް ބާއްވައިފައެވެ.

މި ފޯރަމްގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ބޭފުޅުން ބައިވެރިވެ، ވިޔަފާރީތަކަށް ޙާއްސަކޮށްގެން ބޭންކްތަކުން ދޭ ޚިދުމަތްތަކާ ގުޅޭ މުހިންމު މަޢުލޫމާތު ވިޔަފާރިތަކަށް ފޯރުކޮށްދިނެވެ. މީގެ ތެރޭގައި ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ބޭނުންކުރުމާއި ލިބެންހުރި ކްރެޑިޓް ފެސިލިޓީތަކާއި ބެހޭ މަޢުލޫމާތު ވިޔަފާރިވެރިންނާއި ހިއްސާކުރެވުނެވެ.

މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވިޔަފާރިތަކަށް ދެވޭ އެހީތެރިކަމާއި، ވިޔަފާރި ތަރައްޤީކުރުމުގެ ފުރުޞަތުތަކާއި، ސަރަޙައްދީ ބަނދަރުތައް މެދުވެރިކޮށް އިމްޕޯޓްކުރުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް ދެވޭ އިރުޝާދުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 10 22 at 13.34.31

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

އިތުރުމީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި

އެމް.ޕީ.އެލް އިން އެމް.އެސް.އެސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

Whatsapp image 2025 10 20 at 18.50.01

ބީއެމްއެލް އިން ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރަނީ

TTH_advertisement