ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

ލ. ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހެދުމަށް މިއަހަރުގެ ތެރޭ ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި، ގަމުގައި 100 ހައުސިން ޔުނިޓު ހެދުމުގެ މަސައްކަތް އެޗްޑީސީއާ ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ އިތުރުން ވެސް 100 ހައުސިން ޔުނިޓުގެ އެހެން މަޝްރޫއެއް ވެސް އެ ރަށުގައި މިހާރު ކުރިއަށްދެއެވެ.

އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރަށް ވެސް ބަޖެޓު ހަދާ އިރުގައި އެންމެ އިސްކަމެއް ދެނީ އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ކަމަށާއި މިއަހަރު ވެސް އެންމެ އިސްކަމެއް ދީފައިވާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.

“ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ މި ހަވާލުކުރި 100 ހައުސިން ޔުނިޓު އެޅުމުގެ އިތުރަށް މިއަހަރުގެ ތެރޭގައި އަދި އިތުރު 100 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށްޓަކައި ވަރަށް އަވަހަށް އަޅުގަނޑުމެން އެހެން ފަރާތަކާ ސޮއިކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެބަ ކުރިއަށްގެންދޭ. އެ ސޮއިކުރެވުނުހާ އަވަހަކަށް ހަމަ މިއަހަރުގެ ތެރޭގައި އިތުރު 100 ހައުސިން ޔުނިޓު ވެސް މި ރަށުގައި އެޅުމުގެ މަސައްކަތް ފެށޭނެ،”

މިހާރު ގަމުގައި އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ޔުނިޓުތައް ހާއްސަކުރާނީ ގަމުގެ ރައްޔިތުންނަށް ކަމަށާއި ރަށުން ބޭރުން މީހުން ބަދަލުކުރުމަށް އެ ހައުސިން ޔުނިޓުތައް ބޭނުން ނުކުރާނެ ކަމަށެވެ.

ރައީސް ވައުދުވެވަޑައިގެންފައިވަނީ ގަމުގައި 500 ހައުސިން ޔުނިޓު ހެދުމަށެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ހައުސިން ޔުނިޓުތަައް ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން މިރޭގެ ޖަލްސާގައި ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

ގަމު ހޮސްޕިޓަލުގެ އާ އިމާރާތާއި ބަނދަރުގެ މަޝްރޫއު އެމްޓީސީސީއަށް

TTH_advertisement