ކުއްލި ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފި

ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

ހަތަރު ސިޓީއަކާއި، އިތުރު ރަށެއްގައި 68 މިލިއަން ރުފިޔާގެ ވަގުފު އިމާރާތްތަކެއް އަޅަނީ

ފެމިލީ ކޯޓުގެ ގާޒީކަމަށް މައުސޫމާއި ޒާހިދު ހަމަޖައްސައިފި

ފެމެލީ ކޯޓުގެ ގާޒީގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.

ފެމެލީ ކޯޓުގެ ގާޒީ ކަމަށް އައްޔަންކޮށްފައިވަނީ، އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލީ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ލަފާ އަރުވާފައިވާ ލ. މާބައިދޫ ހަވީރީމަންޒިލް، އަލްއުސްތާޒް އަހްމަދު މައުސޫމް އަދި ރ.ހުޅުދުއްފާރު އިލާޒާ، އަލްއުސްތާޒް މުހައްމަދު ޒާހިދެވެ.

އެ ދެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

މައުސޫމް ވަނީ އަލް އަޒްހަރު ޔުނިވާސިޓީން ބެޗެލާސް އޮފް އާޓްސް އިން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ ވިތު އޮނާސް އަދި ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސަޓިފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ޝަރީއާ ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން އޭނާއަކީ 2020 ޖަނަވަރީ 21 އިން ފެށިގެން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމު އަދާކުރަމުންގެންދަވާ ފަރާތެކެވެ.

ޒާހިދު ވަނީ އަލް އަޒްހަރު ޔުނިވާސިޓީން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ފޮލިސީ ހާސިލުކުރައްވައިފައެވެ. ޑެޕިއުޓީ ސްޓޭޓް އެޓާނީ އެއްގެ ގޮތުގައި 2011 ޖޫން 22 އިން 2013 އޮގަސްޓް 14 އަށް އަދި ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އޮގަސްޓް 11 އިން 2018 ނޮވެމްބަރު 17 އަށް އެޓާނީ ޖެނެރަލް އޮފީހުގައި ޒާހިދު ވަނީ މަސައްކަތްކުރައްވައިފައެވެ. އޭގެ އިތުރުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާޗު 08 އަށް ފަނޑިޔާރުކަންކޮށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަރުސަތު، ޞަފާ، އަދި ޞަރާހަތު މީޑިއާ ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް

ފޮނަދޫ އައިޔޫއެމް ކެމްޕަސްގެ އަމަލީ މަސައްކަތް ފަށައިފި

TTH_advertisement