ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުއްތުކުދީންގެ ގާނޫނީ ބެލެނިވެރިކަން ނަގާ ފަރާތްތަކަށް ޗުއްޓީއެއްދޭން ހުށަހަޅައިފި

ތުއްތުކުދިންގެ ގާނޫނީ ބެލެނިވެރިކަންނަގާ ފަރާތްތަކާއި، މައިން މަރުވާ ހާލަތުގައި، އެ ދަރިފުޅުގެ ޒިންމާ ނަގާ ފަރާތްތަކަށް ހާއްސަ ޗުއްޓީ ލިބޭނެގޮތެއް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ މައްޗަންގޯޅީ ދެކުނު ދައިރާގެ މެންބަރު މުސްތަފާ ހުސެއިން އެވެ.

ރައްޔިތުން ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކޮމިޓީއަށް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ވިހެއުމާ ގުޅިގެން ލިބިދެވޭ ޗުއްޓީތައް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފަކު ވިހެއުމުން ދަރިފުޅަށް ހަމަސް ވާންދެން، ބަންދު ދުވަސްތައް ހިމަނައިގެން މުސާރައާއެކު ޗުއްޓީ ދޭން ވާނެ ކަަމަށް ސިވިލްސާވިސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހަ މަސްނުވާ ތުއްތުކުދީންގެ ގާނޫނީ ބެލެނިވެރިކަން ނަގާ ފަރާތްތަކާއި ވިހެއުމަށްފަހު ދަރިފުޅުގެ މަންމަ ނިޔާވާ ހާލަތުގައި، އެ ދަރިފުޅުގެ ޒިންމާ ނަގާ ފަރާތްތަކުގެ ތެރެއިން ސިވިލްސާވިސް ވަޒީފާ އަދާކުރާ ފަރާތްތަކަށް، ހާއްސަ ޗުއްޓީއެއް ދިނުމާމެދު އަމަލުކުރާނެ ވަކި އިޖުރާއަތެއް ނެތްކަމަށް ވަނީ ބުނެފައެވެ.

އެފަދަ ހާލަތުތައް ދިމާވެފައިވާ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް މެންބަރު މުސްތަފާ ހުސެއިން ވަނީ ފާހަަގަކުރައްވައިފައެވެ. އެހެންކަމުން އެފަދަ ޗުއްޓީއެއް އެފަރާތްތަކަށް ލިބޭނެގޮތަށް، ގާނޫނުތަކަށް ގެނެވިދާނެ ބަދަލުތައް ދިރާސާކޮށް، އެކަމަށް ހައްލެއް ހޯދައިދިނުމަށް އެ މައްސަލައިގައި މެންބަރު ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި