ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާ ކޮމިޝަނަށް 3 ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 3 ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ތެރެއިން 2 ބޭފުޅަކު އިންޓަރވިއު މަރުހަލާގެ ކުރިން ނަން އަނބުރާ ގެންދެވި އެވެ. ބާކީ ތިބި 8 ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު މާކްސް ދިން ގޮތުން 75 ޕަސެންޓަށްވުރެ މަތިން ލިބުނީ 3 ބޭފުޅުންނަށެވެ. އެއީ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ޞަފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު ފަރުޝަތެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މުއައްސަސާއަކަށް ބޭފުޅަކު އައްޔަން ކުރުމުގައި ކޮމިޓީން ނިންމާނީ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަރވިއު ބެލުމަށްފަހު މާކްސް ދިނުމުންނެވެ. މި މައްސަލައިގައި މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކޮމިޝަނަށް މަޖިލީހުން 3 މެންބަރުން އައްޔަން ކުރާއިރު، ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފަ އެވެ. މަޖިލީހުން އައްޔަން ކުރާ މެންބަރުންނާއެކު މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފެދޭ ފުރަތަމަ މީޑިއާ ކޮމިޝަނަށް މެންބަރުން ހަމަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އުމުރުން ދެއަހަރު ވާންދެން، ދަރިފުޅު ބަލަން ވަގުތު ދޭން ފާސްކޮށްފި

majilis

ތިން ބޭފުޅަކު ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވައިފި

2 އަހަރު ވަންދެން ޑިއުޓީން، ދަރިފުޅަށް ދޭވަގުތު އިތުރުކުރަން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި