ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރުފާންގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން ޕީޖީން ޑީޖޭއޭއަށް

Abb
ބަންދު ފޯރަމްގައި ޕީޖީ އައްބާސް

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލި ތިން މީހުންގެ މައްޗަށް ކުރި ހުކުމް، އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅި ނަމަވެސް ކޯޓުން އެ މައްސަލަ ބޭރުކޮށްލި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ސަމާލު ކަމަށް ގެނެސްފިއެވެ.

“މަސްޖަރީ-2” ކިޔާ ދޯންޏެއްގައި ޑިސެމްބަރު 2022، ގައި ކަނޑުމަގުން ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރަނީ ސ. ހުޅުދޫ، ދޭލިޔާގެ އިރުފާން ތަގިއްޔުގެ މައްޗަށެވެ. އޭނާގެ އިތުރުން ދެން މި މައްސަލައިގައި ހިމެނެނީ ހ. ގާޑްންބިޔުޓީ މުހައްމަދު އަކްރަމާއި ދ. މާއެނބޫދޫ، އަނބުގަސްދޮށުގެ އަހުމަދު ނަސީރުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ތިން މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އިން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އެކަމަކު، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާތީ ކަމަށް ބުނެ ރަޖިސްޓާގެ ނިންމުމުން މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ.

ޕީޖީގެ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މިއީ އިދާރީ ގޮތުން އަރާފައި އޮތް އޮޅުމެއްގެ ސަބަބުން ހިނގި ކަމަކަށްވާތީ، ކޯޓުތަކުގެ އިދާރީ ކަންކަމާ ގުޅިގެން މިފަދަ ހުރަސްތައް މެދުވެރިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށްދޭން ޑީޖޭއޭގައި އެދިފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ރަޖިސްޓްރާގެ ނިންމުން އަލުން މުރާޖައާކުރުމަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެންވާނެ ދެކަމަކަށް ހުށަހަޅާފައި. އެއީ އެ ނިންމުން އަލުން މުރާޖައާކުރުމަށާއި ދެން އިދާރީ އޮނިގަނޑު ހަރުދަނާކުރުމަށް، އިދާރީ ގޮތުން އަރާފައި އޮތް އޮޅުމަކަށްވާތީ، އިދާރީ ކަންކަން މިބަލަހައްޓަނީ ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން. ކުރިޔަށް އޮތް ތަނުގައި އެކަހަލަ އޮޅުމެއް އެރިޔަ ނުދިނުމަށް އޮނިގަނޑު ހަރުދަނާކުރަން ހުށަހަޅާފައި ވާނީ.” ޕީޖީ އޮފިޝަލް ވިދާޅުވިއެވެ.

ހައި ކޯޓުގެ ރެޖިސްޓްރާ ނިންމެވީ ރަޖިސްޓްރޭޝަން ފީ ދެއްކުމަށް އެންގި އީމެއިލްއަށް އެ މުއްދަތުގައި ފީ ދައްކާފައިނުވާތީ، ހައި ކޯޓުގެ ގަވާއިދާ ހަވާލާދީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން މުރާޖައާކުރަން މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުން ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.

އިރުފާންގެ މައްސަލަ ބަލައިނުގަތުމަށް ނިންމިއިރު، މި މައްސަލާގައި ދައުވާލިބޭ ދެ މީހުން ކަމަށްވާ ދ. މާއެނބޫދޫ އަނބުގަސްދޮށުގޭ އަހްމަދު ނަސީރާއި ހ. ގާޑްންބިއުޓީ މުހައްމަދު އަކްރަމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ހައި ކޯޓުން ބަލައިގަނެ، އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް ވެސް ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

PG Office

ފަހު ދިހައެއްގައިވެސް ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ޚިދުމަތް މެދުނުކެނޑޭނެ

ހެކި ނެތުމުން މަސްތުވާތަކެތީގެ މައްސަލައިގައި އައްޑޫން ހައްޔަރުކުރި މީހުން ދޫކޮށްލަން ލަފާދީފި

hdc office

ބިންވެރިޔާ ސްކީމްގެ ދަށުން އޮޅުވާލައިގެން ގޯތި ހޯދަން އުޅުނު 12 މީހަކަށް ދައުވާކުރަން ފޮނުވައިފި