ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒަކާތާ ގުޅޭ ފޮތްތައް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

990

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ވިދާޅުވީ މިއީ އިސްލާމިކް ލައިބްރަރީ އާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި، ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު، [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައިދޭނެކަމަށް ޒަކާތު ހައުސް އިން ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ މުހިންމު ދީނީ ފޮތްތަކުގެ ދިވެހި ތަރުޖަމާ ލިބެން ހުރެއެވެ. އަދި އޮންލައިން ލައިބްރަރީގައި އިސްލާމީ ޢަޤީދާ، ފިޤުހު، ސުންނަތް އަދި ހިދާޔަތުގެ އަލި މަޖައްލާ ފަދަ ތަކެތި ކިޔެން ހުރެއެވެ

ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން 64,000 ފޮތް ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް ހަދިޔާކޮށްފައިވެއެވެ. މި ހަދިޔާއަކީ ރާއްޖޭގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމުގެ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މި ހަދިޔާއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދު ފުއްދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި މިއަހަރު 15.9 މިލިޔަން ރުފިޔާ، މިއީ ބޮލަކަށް 6,000 ރުފިޔާ

mudalu zakaai

ފަޤީރުންނާއި މިސްކީނުންނަށް 6,000 ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

mudalu zakaai

ފިޠުރު ޒަކާތުގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ