ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދެވަނަ ބެޗް ފަށައިފި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ބެޗް ކ.މަނިޔަފުށީ ރިސަރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި އިއްޔެ ފަށައިފިއެވެ.

10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޓްރެއިނިންގ ސެޝަން ތައް ކުރިއަށް ގެންދާނީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އިން، މިނިސްޓްރީ އޮފް ފިޝަރީސް އަދި ވޯލްޑް ބޭންކުގެ ގުޅިގެންނެވެ. މި ޕްރޮގްރާމް ގެ ހުރިހައި ބައިވެރިންނަށް ދަސްކޮށްދެނީ އެކުއާ ކަލްޗަރަލް ހުނަރުތަކެވެ.

މި ޓްރެއިނިންގެ މައިގަނޑު އަމާޒަކީ ގައުމީ ގާބިލްކަން ވަރުގަދަކޮށް، މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް މަގުފަހި ކޮށްދިނުމެވެ.

10 މީހުންނާއެކު އިއްޔެ ފެށި މި ޕްރޮގްރާމް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން އަހަރަކު ދެ ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމުގެ 10 ފުރުސަތު ހުޅުވާލައިފި

“މެރިން ހެޗަރީ” ޕްރޮގްރާމް 53 ބައިވެރިން ފުރިހަމަކޮށްފި

ހުޅުމާލޭގައި ކަންނެލި ކޯލްޑް ޗެއިން ކޮމްޕްލެކްސްއެއް އެޅުމަށް ބީލަމަށް ހުޅުވާލައިފި

fishing

ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި