ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޅުވެއްޓި ހާދިސާ: ލަންކާ މިހާގެ ހަށިގަނޑު ހޯދައިފި

Badhuru
ބަންޑުން ޖަހާލި ކޮޅުވެއްޓި

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިން ގެއްލުނު މީހުންގެ ތެރެއިން ލަންކާ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ބުނީ އެއީ ލަންކާއަށް ނިސްބަތްވާ ބިދޭސީއެކެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“އަލްމާކް ފިޔަ” ކިޔާ ކޮޅުވެއްޓިއެއް ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި އިތުރު ދެ މީހަކު މީގެކުރިން ވަނީ ފެނިފައެވެ. އެއީ ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާން އާއި އިންޑިއާގެ ރައްޔިތެކެވެ.

އެ ކޮޅުވެއްޓިން ޖުމްލަ ހަތް މީހުން ދަތުރުކޮށްފައިވާއިރު، ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަ އެވެ. އެހެންވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ސިފައިންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ