ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ދުވާރުމަތިން ކެފޭ މޭޒުތައް ނަގަން އަނެއްކާވެސް އަންގައިފި

Mal

ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓައިގެން ޚިދުމަތް ދޭ ކެފޭ މޭޒުތަކާއި ގޮނޑިތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަނެއްކާ ވެސް އަންގައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ، ކުރިން ވެސް ހުޅުމާލޭ ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑި ފަދަ ތަކެތި ޖަހައިގެން ޚިދުމަތްނުދޭން އެންގި ނަމަވެސް، އަދިވެސް ގިނަ ފަރާތްތަކުން އެކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާ ކަމެއްކަން އެ ކުންފުނިން ކުރި އިއުލާންގައި ހަނދާންކޮށްދީފައިވެއެވެ.

އެ ކުންފުނިން ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދުވާރުމަތީގައި ހުރި ގޮނޑިއާއި މޭޒުތައް ނެގުމަށެވެ.

އަންނަ ބުރާސްފަތީގެ ކުރިން ގޮނޑިތަކާއި މޭޒުތަކާއި ގަސްތައް ނުނަގައިފިނަމަ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

މީގެއިތުރުން ހުޅުމާލޭގެ ހެޖުތެރޭގައި ބިޔަވާ ޒާތުގެ ގަސްތައް އިންދާފައި ހުރުމުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވާތީ، އެ ގަސްތައް ނަގަން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި