ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސިނގިރޭޓު ވައްކަން: އިދާރާތައް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ އަށް ހާޒިރުކުރަނީ

ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައިގައި ކަމާބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސުވާލުކުރަން ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާއި ކަސްޓަމްސް އަދި އެމްޕީއެލްގެ އިސްވެރިންނެވެ. އެ ކޮމިޓީ އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ހަަތަރު މީހުން:

އަހުމަދު އާރިފް (61އ)، މއ. އެވާގްލޯރީ
މުހައްމަދު ވަހީދު (65އ)، ދިގަލި، ބ. އޭދަފުށި
މުއާޒް އަލީ (48އ)، ހ. ނިއު ހެޕިނަސް
ޒިވާރް އިސްމާއިލް (40އ)، މެދުރީގެ، ހދ. ވައިކަރަދޫ

އޭގެ ތެރެއިން އާރިފަކީ ލޮޓަސްގެ ވެރިޔާއެވެ. ދިގަލި ވަހީދަކީ އެޕޯލޯގެ ވެރިޔާއެވެ. ޒިވާރަކީ ކަސްޓަމްސްގެ ސީނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފަކަށްވާ އިރު، މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްއެވެ.

އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އާރިފާއި ޒިވާރު 15 ދުވަހަށް، ދިގަލި ދިހަ ދުވަހަށް އަދި މުއާޒް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ބުނެފައިވަނީ، މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ބަލާ އިރު، އާރިފާއި ދިގަލި ވަހީދުގެ މައްޗަށް އެކަން ރޭވުމާއި އެ ވައްކަމަށް ފަންޑުކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ ހެކިތަކެއް އެބަހުރި ކަމަށެވެ.

އެ ހަތަރު މީހުންގެ މައްޗަށް ވެސް ވައްކަމުގެ ތުހުމަތު ފުލުހުން ކުރާ އިރު، އެ ވައްކަމުގައި މުއާޒާއި ޒިވާރު އަމަލީގޮތުން ބައިވެރިވެ، އެކަން ރާވައި ހިންގި ކަމަށް ވެސް ތުހުމަތުކުރެއެވެ.

އެނގިފައިވާ ގޮތުގައި ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމުލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. އެ ސިނގިރޭޓަކީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައުލަތަށް ލިބޭނެ މުދަލެވެ.

އެ ދެ ކޮންޓެއިނަރު ގެއްލިފައިވަނީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުއްޓައެވެ.

އެ މައްސަލައިގައި އެމްޕީއެލްގެ ހަ މުވައްޒަފަކުވެސް ވަނީ ސަސްޕެންޑުކޮށްފައެވެ. އެ މުވައްޒަފުންތައް ސަސްޕެންޑް ކޮށްފައިވަނީ އެމްޕީއެލުން ކުރަމުންދާ އެތެރޭގެ ތަހުގީގަށް ބިނާކޮށެވެ. އެކަން އެމްޕީއެލުން ހާމަކުރީ މިއަދެވެ.

“ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް، 12 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން މި ކުންފުނީގެ ފަސް މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އަދި އިތުރު މުވައްޒަފަކު ވަނީ 15 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. ކުންފުނީގެ ހިންގުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމްޕީއެލްގެ ތަހުގީގު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓާނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަހުގީގު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ..،” އެމްޕީއެލުން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިނގިރޭޓް ކޮންޓެއިނާ ގެއްލުނު މައްސަލައާ ގުޅިގެން އެ އިދާރާގެ މުވައްޒަފަކަށް ތުހުމަތު ކުރެވޭކަން ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. ކަސްޓަމުން ބުނެފައިވަނީ އެކަމުގައި ކަސްޓަމްސްގެ މުވައްޒަފެއްގެ ބައިވެރިވުން ހިމެނޭކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެ މުވައްޒަފަކާމެދު ގާނޫނާއި ގަވާއިދުގެ ތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ މައްސަލައިގައި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު މިހާރު އަދާކުރަމުންގެންދަވާ މުއާޒް ވަނީ 30 ދުވަހަށް ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަދި ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒަކީ މީގެ ކުރިން ވެސް އެފަދަ އެހެން މައްސަލައެއްގައި 2019 ވަނަ އަހަރު ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މީހެކެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މުއާޒް، ރިޝްވަތަށް އެދިފައިވާ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.

އެ މައްސަލައަކީ 2018 ވަނަ އަހަރު އަމިއްލަ ކުންފުންޏަކުން ރާއްޖެ އެތެރެކުރި 450 ސިނގިރޭޓް ކޭސް ކަސްޓަމްސްގެ ހުޅުމާލޭ ބޮންޑެޑް ވެއާހައުސްގައި ބެހެއްޓުމަށްފަހު، އެ ކޭސްތަކުގެ ތެރެއިން 430 ސިނގިރޭޓް ކޭސް ރީ-އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް ހުޅުމާލޭ ބޮންޑެޑް ވެއާހައުސްއިން ދޫކޮށްފައިވީ ނަމަވެސް، އެ ސިނގިރޭޓް ކޭސްތައް ރީ-އެކްސްޕޯޓްކޮށްފައި ނުވާތީ، ކަސްޓަމްސްއިން ބަލަމުންދިޔަ މައްސަލައެކެވެ.

އޭސީސީން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމްސްއިން ބަލަމުންދިޔަ އެ މައްސަލަ، އެ ކުންފުންޏަށް ފަހިވާ ގޮތަށް ނިންމުމުގެ މުގާބިލުގައި އެ އަމިއްލަ ކުންފުނީގެ ދެ ފަރާތެއްގެ ކިބައިން މުއާޒް އަލީ ރިޝްވަތަށް އެދިފައިވާކަން ތަހުގީގުން ހޯދިފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ނަމެއް އޭސީސީން އާންމުކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން އެނގި ހުރެގެން މަންފާއަކަށް އެދުމާއި، ގަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ގަބޫލުކުރުމަށް އެއްބަސްވުމުގެ ކުށުގެ ދައުވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފަރުސަތު، ޞަފާ، އަދި ޞަރާހަތު މީޑިއާ ކޮމިޝަނަށް އައްޔަން ކުރަން ފާސްކޮށްފި

ތުއްތުކުދީންގެ ގާނޫނީ ބެލެނިވެރިކަން ނަގާ ފަރާތްތަކަށް ޗުއްޓީއެއްދޭން ހުށަހަޅައިފި

ކޮމިޓީ މައިކަށް ލިބުނު ގެއްލުމުގެ އަގު 3 މެންބަރެއްގެ އަތުން ނަގަން ސުލޫކު ކޮމިޓީން ފާސްކޮށްފި

މީޑިއާ ކޮމިޝަނަށް 3 ބޭފުޅުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

TTH_advertisement