ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑރ.ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް

dr khaleel
ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް

މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީގެ ދަޢުވަތަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް ފުރާވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީ އާއި ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ޒަމާންވީ އަޙްވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުންވެސް ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިޞްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރ ޚަލީލުގެ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ މަންސަތަކުގައި ދެ ޤައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރެވޭނެއެވެ.

މިނިސްޓަރ ޑރ. ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމަ ހުއްޓާލަން ދިވެހި ސަރުކާރުން ގޮވާލައިފި

8q

މެދުއިރުމަތީގައި ދެމުންގެންދާ ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

kulli khabaru

މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަންގައިފި

767

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ