ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ދަތިހާލުގައި އުޅުނު ފެލިދޫ އާއިލާއަކަށް ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީގައި ގެއެއް ބިނާކޮށްދީފި

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރަނީ

customs

ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ނިންމަވައިފިއެވެ.

ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންނާއި ވިޔަފާރިތަކުގެ ނަން ހާމަކުރުމާއި ގުޅޭ އުސޫލެއް ގެޒެޓުކޮށް، މިއަދު ވަނީ އެ އުސޫލަށް އަމަލުކުރަން ފަށާފައެވެ.

ކަސްޓަމްސްއިން އެކުލަވާލާފައިވާ އުސޫލުގެ ދަށުން ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10000 ރުފިޔާ ނުވަތަ އެއަށް ވުރެ ބޮޑުވުމާއި ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުމުގައި ޢަމަލުކުރާ ޢުސޫލުގެ ދަށުން ފައިސާ ދައްކަން އެފަރާތަކަށް އަންގާފައިވުން ހިމެނެއެވެ.

މި އުސޫލުގެ ހާމަކުރާނީ ފައިސާ ދައްކަންޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި މައުލޫމާތާއި ނުދައްކާ އޮތް ފައިސާގެ އަދަދާއި، ފައިސާގެ ބާވަތާއި ފައިސާ ދައްކަންޖެހޭ ސަބަބެވެ.

މި އުސޫލުގައިވާ ގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެނެވެ. އޭގެތެރެއިން ފުރަތަމަ މަރުހަލާގައި މައުލޫމާތު ޝާއިއުކުރާނީ ކަސްޓަމްސްގެ ވެބްސައިޓުގައެވެ. އަދި އޭގެ 15 ދުވަސް ފަހުން ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެ މައުލޫމާތު ޝާއިޢުކުރާނެއެވެ. މި އުސޫލުގައިވާ ގޮތުން ނަން އާއްމުކުރާ ފަރާތަކުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާ ދައްކައިފިނަމަ ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އެ ފަރާތެއްގެ ނަން އުނިކުރާނެއެވެ. ނަމަވެސް ސަރުކާރުގެ ގެޒެޓުގައި ނަން ޝާއިޢުކުރުމަށްފަހު އެ ނަމެއް އުންޏެއް ނުކުރާނެކަމަށް އުސޫލުގައިވެއެވެ.

މި މަސައްކަތް ވިލަރެސްކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމިޓީއެއް، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އެކުލަވާލަންޖެހޭކަމަށް އުސޫލުގައިވެއެވެ. އަދި މި އުސޫލު ތަންފީޒުކޮށް، ނަން ހާމަކުރުމާ ގުޅޭ ކަންކަން ހިންގައި ބަލަހައްޓާނީ، ކަސްޓަމްސްގެ ފައިސާއާބެހޭ ކަންކަން ބަލަހައްޓާ ސެކްޝަނުންނެވެ.

ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއުކުރާތާ 10 ދުވަހުގެ ތެރޭގައި، ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ކަސްޓަމްސްގެ ވެބްސައިޓުގައި ޝާއިއުކުރަންޖެހޭނެކަމަށް މި އުސޫލުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
faisaanudhakkanees mudhaa dhookuranee keevve

ގުޅުންހުރި

customs

ޑިއުޓީ މައާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ: ކަސްޓަމްސް

customs

އަގު ކަނޑައެޅުމުގައި އަސާސީ އުސޫލަކީ އެ މުދަލެއްގެ މުޢާމަލާތުގެ އަގު: ކަސްޓަމްސް

ތިރީސް މިލިއަނަށްވުރެ އަގުހުރި ހަޝީޝް އޮއިލް އަތުލައިގަނެފި

customs

މުދާ ކްލިއާކުރުން 24 ގަޑިއިރަށް ބަދަލުކޮށްފި

TTH_advertisement