ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުދާ އުފުލާ ބޯޓެއް އަޑިއަށް، އެންމެން ސަލާމަތްކޮށްފި

Mal

މުދާ ބަރުކޮށްގެން، ފަސް މީހުންނާއެކު މާލެ އިން ފުރައިގެން ޅ. ނައިފަރަށް ދަތުރު ކުރަމުންދިޔަ ބޯޓެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ “ނަޞްރު” ނަމަކަށް ކިޔާ މި ބޯޓު މިއަދު 13:22 އެހާކަން ހާއިރު ވަނީ ދިޔަވެެ އަޑިއަށް ގޮސްފައިވާ ކަމަށާއި، ބޯޓު އަޑިއަށް ގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށެވެ.

މި ބޯޓުން ދަތުރުކުރީ ދެ ދިވެހީންނާއި ތިން ބިދޭސީންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބޯޓުގައި ތިބި މީހުން ސަލާމަތް ކޮށްފައެވެ.

މި ހާދިސާ އާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް އެދިފައެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވެ، މޫސުމާބެހޭ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރު ކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ