ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޅުވެއްޓި ހާދިސާ: ދިވެއްސަކާއި އިންޑިއާ މީހަކު މަރުވެއްޖެ، ބަންގްލަދޭޝްގެ މީހާ ހޯދަނީ

Badhuru
ބަންޑުން ޖަހާލި ކޮޅުވެއްޓި

މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

“އަލްމާކް ފިޔަ” ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވައި ފެނުނީ ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާން އާއި އިންޑިއާގެ ރައްޔިތެކެވެ. ދެން ގެއްލިފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަންނަނީ ކުރަމުންނެވެ.

އެ ކޮޅުވެއްޓިން ޖުމްލަ ހަތް މީހުން ދަތުރުކޮށްފައިވާއިރު، ހަތަރު މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ކަނޑުތައް އާދަޔާ ހިލާފަށް ގަދަ އެވެ. އެހެންވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ސިފައިންނާއި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް

66

ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ، އުމުރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ކަނޑުމަތީގައި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ