ކުއްލި ޚަބަރު

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ފަސް ރަށެއްގައި ފުޓުބޯޅަ ދަނޑު އަޅަން ބަޔަކާ ހަވާލުކޮށްފި

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިއުލާންކުރެއްވި ކައުންސިލުތަކަށް ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން ށ. ކޮމަންޑޫއާ އެ އަތޮޅު ގައްލައިދޫ ހަވާލުކޮށްފިއެވެ.

ކޮމަންޑޫއާ ގައްލައިދޫ ހަވާލުކޮށްފައިވަނީ، ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމާއެކު ގައްލައިދޫ ހޯދުމަށް ކޮމަންޑޫ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލްއާ ގުޅިގެންނެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ކޮމަންޑޫ ކައުންސިލާ ވަނީ ގައްލައިދޫ ހަވާލުކޮށްފައެވެ.

އެ ޖަލްސާގައި ކޮމަންޑޫ ކައުންސިލާ، ސަރުކާރުގެ ފަރާތުން ގައްލައިދޫ ހަވާލުކޮށްދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. އަދި ކޮމަންޑޫ ކައުންސިލުގެ ފަރާތުން އެ ރަށާ ހަވާލުވެވަޑައިގެންނެވީ އެ ކައުންސިލުގެ ރައީސް މުހައްމަދު ސިނާނެވެ.

ރަށްރަށުގެ އިގުތިސާދީ ބޭނުމަށް ކައުންސިލުތަކަށް ފަޅުރަށްތައް ދޫކުރުމުގެ އިތުރުން، ސަރުކާރުން އަންނަނީ ޕިކްނިކް އައިލެންޑުތަކުގެ ގޮތުގައި ވެސް ފަޅުރަށްތައް ހާއްސަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister adam shareef

ކައުންސިލަކީ ރަށެއްގެ އެންމެ އިސް މުއައްސަސާކަން ބަލައިގަންނަން ޖެހޭ: މިނިސްޓަރ

66

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

778

މަސްދަޅު ކޭސް ބެހުން ބާރަށް ކުރިއަށް، 4000އަށްވުރެ ގިނަ ގޭބިސީއަކުން ނަންބަރު ނަގައިފި

990

ރޯދަ ހަދިޔާ ބެހުމުގެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

TTH_advertisement