ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މިއަދު ތަޖިކިސްތާން ދެކޮޅަށް ކުޅޭ މެޗުށް ސަޕޯޓަރުންގެ އަޑު ކުޅުންތެރިންނަށްލިބޭނެ ހިތްވަރެއް: މޯހަން

mohan football

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ތަޖިކިސްތާން ދެކޮޅަށް ކުޅޭ މެޗުގައި ރާއްޖޭގެ ސަޕޯޓަރުންގެ އަޑު އިވިއްޖެ ނަމަ، ދިވެހި ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ރާއްޖޭގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ގަލޮޅު ދަނޑުގައި ހަވީރު 3:300 ގައި ފަށާ މި މެޗަކީ 733 ދުވަހަށްފަހު ގައުމީ ޓީމު އަމިއްލަ ގައުމުގައި ކުޅޭ ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުނީ ރާއްޖެއަށް ޕްރެޝަރު އޮތަސް، ދިވެހި ސަޕޯޓަރުންގެ އެއްބާރުލުން ލިބިއްޖެ ނަމަ، ނަތީޖާ ނެރެވިދާނެ ކަމަށެވެ.

“ﷲ އިރާދަކުރެއްވިއްޔާ ގޮތެއް ހަދާލެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އިރާދަކުރެއްވިއްޔާ ގަލޮޅު ދަނޑުގައި ކުޅެ ބަލިނުވެ ނުވަތަ މޮޅަކާ އެކީގައި މެޗު ނިންމާލެވޭތޯ އަޅުގަނޑުމެން ބަލާނީ،” މޯހަން ބުންޏެވެ.

ގްރޫޕުގެ އެންމެ ފުލުގައި އޮތް ރާއްޖެ، ކޮލިފައިންގައި ކުޅުނު ތިން މެޗުން ވެސް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ދުޝަންބޭގައި ތާޖިކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ނަމަވެސް، މޯހަން ހުރީ އުންމީދުން ފުރިފައެވެ. މޯހާން ބުނީ ދެ ޓީމަށް ވެސް ދިގު ދަތުރުތަކެއް ކޮށްފައިވާތީ، އަމިއްލަ ދަނޑުގެ ބޭނުން ހިފުން މުހިންމުވާނެ ކަމަށެވެ.

ތާޖިކިސްތާނަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށް ކޯޗު މޯހަން އެއްބަސްވިއެވެ. އެގޮތުން ކުރީގެ ދިވެހި ކޯޗު ޕީޓާ ޝެގާޓުގެ ބެލުމުގެ ދަށުން އެ ޓީމު އެންމެ ފަހުގެ އޭއެފްސީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކުރިކަމަށް ކޯޗު ފާހަގަކުރިއެވެ. ނަމަވެސް، މޯހަން ހާމަކުރީ ޓީމުގެ ކުޅުމުގެ އުސްލޫބު ކަނޑައަޅާނީ ކުޅޭ ޓީމަށް ބަލައިގެން ކަމަށެވެ.

“އަޅުގަނޑުމެންނަށް ވުރެ ގަދަ ޓީމެއް ވިއްޔާ އަޅުގަނޑުމެން ޑިފެންސިވް ވާން ޖެހޭ. އަޅުގަނޑުމެންނާ އެއް ފެންވަރެއްގެ ޓީމެއް ވެއްޖެ ނަމަ، އެޓޭކިން ގޭމަކަށް ބަދަލުކުރަން ޖެހޭނެ. ސްޓައިލްއާ، މިހުރިހާ އެއްޗެއް ވެސް ބަދަލުވެގެންދާނެ، (ދެކޮޅަށް ނުކުންނަ ޓީމެއްގެ ގޮތުން،)” މޯހަން ބުންޏެވެ.

ތާޖިކިސްތާނާ ދެކޮޅަށް ރާއްޖެ އަމިއްލަ ގައުމުގައި އެންމެ ފަހުން ކުޅުނީ 2011 ވަނަ އަހަރުގައެވެ. އޭއެފްސީ ޗެލެންޖް ކަޕް ކޮލިފައިންގައި ކުޅުނު އެ މެޗު ނިމުނީ އެއްވެސް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. އޭގެ ފަހުން ދިވެހި ފުޓުބޯޅަ ފަހަތަށް ޖެހިފައިވާއިރު ތާޖިކިސްތާނުގެ ފުޓުބޯޅަ ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ.

ދިވެހި ކުޅުންތެރިން ކުރިއަށް ދިއުމަށް ދިވެހި ސަޕޯޓަރުންގެ ހިތްވަރު ދިނުމަކީ ބޮޑު އެހީއެއް ކަމަށް މޯހަން ގަބޫލުކުރެއެވެ.

“ﷲ އިރާދަކުރެއްވިއްޔާ، ދަނޑުގައި ދިވެހިރާއްޖޭގެ އަޑު، ދިވެހިންގެ އަޑު، މޯލްޑިވްސް އިވިއިވި 90 މިނރޓް ހުރެއްޖެ ނަމަ، ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ، އިތުރު ފިޔަވަޅެއް ކުރިއަށް އެޅުމަށް،” މޯހަން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251024 181558

އިންފަންޓީނޯއާއެކު ކުރިއަށްގެންދިޔަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ޑައިމަންޑް ޖުބްލީ ލޯގޯ ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވައިފި

ފީފާގެ ރައީސް އިންފަންޓީނޯ ހުކުރު ދުވަހު ރާއްޖެއަށް

Gaumee team

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުގެ ބަޖެޓުން އިންޝުއަރެންސް ހަމަޖައްސަނީ

TTH_advertisement