ކުއްލި ޚަބަރު

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ސުކޫކް ޕޭމަންޓް ނުދެއްކޭނެ ކަމުގެ ކަންބޮޑުވުމެއް ނެތް: ރައީސްް

އަންނަ އަހަރު ދައްކަން ޖެހޭ ސުކޫކް ޕޭމެންޓު ނުދެއްކޭނެ ކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ށ. ބިލެތްފަހީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ހަލާކުވެފައި އޮތް އިގްތިސާދު، މި ސަރުކާރުން ރަނގަޅު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދައްކަން ހުރި ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައްވެސް ދައްކަމުން އަންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރު ދައްކަން ޖެހޭ ސުކޫކު ޕޭމަންޓާއި ދޭތެރޭވެސް މި ސަރުކާރަށް އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“ބައެއް ދަރަނިތައް އެކުވެރި ދައުލަތްތަކާ މަޝްވަރާކުރެވިގެން އެކިކަހަލަ ގޮތްގޮތަށް އެއަށް ލުއިތައް ގެންނަމުން މިދަނީ. ރީފައިނޭންސް ނޫނިއްޔާ ލަސްކުރަން ނޫނިއްޔާ ބަދަލުތަކެއް ގެންނަން އޮތް ކަމެއްވިއްޔާ އެ ދައުލަތްތަކާ ވާހަކަދައްކައިގެން އެ ލުއިތައްވެސް ރައްޔިތުންނަށް ހޯދައިދެމުން.” ރައީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ހުރިހާ ކަމެއް ކުރަމުން ދަނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ، ރާއްޖޭގެ އިގްތިސޯދު ފުރިހަމަކޮށްދީ، ހުރިހާ ދާއިރާތައް ކުރިއަރުވައި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށް ގެންދެވޭނެ ގޮތް ހޯދައިދިނުމަށެވެ.

“މިއަންނަ އަހަރު ދައްކަން އޮތް ސުކޫކު ޕޭމަންޓު ދެއްކުމުގައިވެސް އަޅުގަނޑުމެން ބަރާބަރަށް ކުރަމުންދާ މަސައްކަތް، ޕްލޭންކޮށްގެން ކުރަމުންދާ މަސައްކަތް ފުރިހަމަ ކަމާއެކީ ކާމިޔާބުވަމުންދަނީ، ފުރިހަމަކަމާއެކީ އެކަން ކާމިޔާބުވާނެ. މި ސަރުކާރަކަށް އެއްވެސް ކަންބޮޑުވުމެއް ނެތް މިއަންނަ އަހަރުގެ ސްކޫކު ޕޭމަންޓު ކަންތަކުގައި.” ރައީސް

މީގެއިތުރުން ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތައް ބޭނުންކޮށްގެން މަސައްކަތް ކުރުވާފައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އެ ކުންފުނިތަކަށް ނުދީ ހުއްޓާ ސަރުކާރު ބަދަލުވެގެން ދިއުމުން ސަރުކާރަށް ވާރުތަވި އެ ދަރަނިތައް ވެސް ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތިން ހަފްތާ ތެރޭގައި އެ ފައިސާތައް ވެސް ދީ ހަލާސް ކުރެވޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މި ސަރުކާރުން މި ފަހުން ވަނީ ދައްކައިފައެވެ.

މިއީ 2021 ވަނަ އަހަރު ދިވެހި ސަރުކާރުން އިންޓަނޭޝަނަލް ޑެޓް ކެޕިޓަލް މާކެޓަށް 2026 ވަނަ އަހަރު މެޗުއާވާ ގޮތަށް ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރެވެ. އެ އަހަރާ ހަމައަށް ކޮންމެ އަހަރެއްގެ އޭޕްރީލް އަދި އޮކްޓޯބަރު މަހު ސްކޫކު ހޯލްޑަރުންނަށް ފައިސާ ދައްކަން ޖެހެއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ކޫޕަން ޕޭމަންޓުގެ އިތުރުން މި އޮކްޓޯބަރު މަހު ދައްކަންޖެހޭ ޕޭމަންޓާ އެއްކޮށް 49.4 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު މި ވަނީ ދައްކައިފައެވެ. އެ ސުކޫކު ނެގީ 9.875 އިންސައްތަ އިންޓްރެސްޓް ރޭޓުގައެވެ. މިކަމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ދަމަހައްޓަން މަގުފަހިވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޭނުންވަނީ އަމިއްލަ ކުންފުނިތަކާ ގިނަ މަޝްރޫއުތައް ހަވާލުކުރަން: ރައީސް

އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރަން 30 މެގަވޮޓްގެ ބިޔަ މަޝްރޫއެއް ފަށަނީ: ރައީސް

ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވައިފި

އައްޑޫ ސިޓީއަށް އުފާވެރި ދުވަހެއް؛ 16 މަޝްރޫއެއް އެކި ކުންފުނިތަކާ ހަވާލުކޮށްފި

TTH_advertisement