ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރު ކަނޑިތީމު ފުޓްބޯޅަ ދަނޑު ފުރިހަމަކޮށްދޭނަން: ރައީސް

ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގައި އަދި ރޭގަނޑު ކުޅެވޭނެ ނިޒާމެއް ނެތްކަމަށާއި އެ ދަނޑަށް އިތުރު ކުރިއެރުންތައް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއެއްގޮތަށް ކަނޑިތީމު ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ހުރިހާ ދަނޑުތަކެއްވެސް ހަދަނީ ފެންސް ޖަހާ ވަށާފާރު ރާނާ ލައިޓްހަރުކޮށް ޗޭންޖިން ރޫމުވެސް ހިމެނޭ ގޮތަށް ކަމަށެވެ.

”މިއަންނަ އަހަރު އަޅުގަނޑުމެން ބަޖެޓުގެ ތެރެއިން ކުރިޔަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި މިރަށުގެ ދަނޑު ތަރައްޤީކޮށްދިނުމަށްޓަކައި މި ދެންނެވި ހުރިހާ ކަމެއް ހިމެނޭހެން ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ފުރިހަމަކޮށްދިނުމުގެ މަޝްރޫއެއް ކުރިޔަަށް ގެންދަން. އިރާދަކުރެއްވިއްޔާ އެގޮތުގައި އެކަން ކުރިޔަށްދާނެ“ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަނޑިތީމުގެ ފުޓްބޯޅަ ދަނޑަށްވެސް ޒަމާނީ ތަރައްގީ ގެނެސްދެއްވާނެ ކަމަށެވެ.

ކަނޑިތީމަށް ރައީސް ކުރެއްވި ދަތުރުފުގެ ތެރެއިން ވަނީ އެރަށު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ރައީސް ގެ ދެކަނބަލުން، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި

saudi Arabia muiz

ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސް ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން އުމްެރާއަށް ވަޑައިގަންނަވަނީ

muiz

ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންތައްތައް ރަނގަޅުކުރާނަން: ރައީސް